ads
ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރި ވިއްސައިގެން ގޮސް ސެންޓަރަލް ޕާކު ތެރެއަށް އެކޮޅުކޮޅުން ވެއްޓިފައި
ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް، ކާރު އޮތީ ފުށުން ޖެހިފައި
ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ އެކަކަށް އަނިޔާވެ ފަރރުވާ ދޭން ފަށައިފިއެވެ.

މިއަދު ފަތިހު ހިނގި މި އެކްސިޑެންޓްގައި އަނިޔާވެ ފަރުވާ ދެމުން އަންނަނީ އަންހެނަކަށެވެ. މި މީހާއަކީ ކާރުގައި އިން މީހެއްކަމަށް މަންޒަރު ދުށް މީހުން ބުނެއެވެ. އެމީހަށް އެކިވަރުގެ އަނިޔާތައް ލިވިފައިވާކަމަށް މަންޒަރު ދުށް މީހުން ބުނެއެވެ. 

މި އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރު ކޮންޓްރޯލު ނުވެގެން ސެންޓަރަލް ޕާކު ވަށައިގެން ހުންނަ ގަސްތަކުގައި ޖެހިގެންކަމަސް މަންޒަރު ދުށް މީހުން ބުނެއެވެ. ކާރު ޕާކު ތެރެއަށް ވިއްސައިގެން ވެއްޓިފައި އޮތީ ފުށުން ޖެހިފައެވެ. 

މަންޒަރު ދުށް މީހުން ބުނާ ގޮތުން އެކްސިޑެންޓް ވުމުން ކާރުގައި ތިބި މީހުން ވަނީ ފިލައިގެން ގޮސްފައެވެ. އެކްސިޑެންޓް ވީ ތަނުގައި މިހާރު ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް