ads
މަސްތުވާތަކެތި ބުލެޓްތަކެއް ދިރުވާލި މީހަކަށް އައިސީޔުގައި ފަރުވާދެނީ
މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި އަޅާފައިހުރި ބުލެޓުތަކެއް ދިރުވާލި މީހަކު ހާލު ދެރަވެ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން ބުނީ މި މީހަކީ ދިވެއްސެއްކަމަށާއި  މީހަކީ މާލެތެރެ ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް ތުހުމަތު ކުރެވިގެން ހުއްޓުވާ އެ އިދާރާގެ ބެލުމުގެ ދަށަށް ގެނައި މީހެއްކަމަށެވެ.  

ފުލުހުން ބުނީ ހާލު ދެރަވި މީހާގެ އާއިލާއަށް އެކަމުގެ ހުރިހާ މައުލޫމާތު މިހާރު ހިއްސާކޮށްފައިވާކަމަށެވެ. އެހެންނަމަވެސް އެ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ފުލުހުން އާއްމެއް ނުކުރެއެވެ. 

ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން އެ އިދާރާއިން ބަލަމުން އަންނަކަމަށެވެ. 

މަސްތުވާތަެތި ހަށިގަނޑުގެ ތެރޭގައި ފޮރުވާގެން އެތެރެކުރަނިކޮށް ގިނަ އަދަދެއްގެ ބަޔަކު ވަނީ އަތުލައިގެންފައެވެ. މިގޮތަށް މި ތަކެތި ދިރުވައިލައިގެން އުޅުމުގެ ތެރޭގައި އެ ތަކެތި ފަޅައިގެން ގޮސް ނުވަތަ ލީކުވެގެން ބައެއް މީހުންގެ ފުރާނައަށްވެސް ވަނީ ނުރައްކާވެފައިވެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް