ads
އަބްދު ﷲ ޝާހިދު އެމަނިކުފާނުގެ ބައްޕާފުޅާއި އެކު
އަބްދުﷲ ޝާހިދުގެ ބައްޕާޕުޅު އަވަހާރަވެއްޖެ
ކުރީގެ ފޮރިން މިނިސްޓަރ އަބްދު ﷲ ޝާހިދުގެ ބައްޕާފުޅު އަވަހާރަވެއްޖެއެވެ.

ޝާހިދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބައްޕާފުޅު ޝައިހް މޫސާ ޖަމީލް އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. 

އަބްދުﷲ ޝާހިދުގެ ބައްޕާފުޅު ޝައިހް މޫސާ ޖަމީލަކީ ހުރަވީ ދަރިކޮޅުގެ ބޭފުޅުންގެ ތެރެއިން، ދުނިޔޭގއި ތިއްބެވި ބޭފުޅުންގެ ތެރެއިން އެންމެ ދޮށީ ބޭފުޅާއެވެ.

މޫސާ ޖަމީލުގެ ހަޔާތުގެ ބޮޑު ބައި ހޭދަ ކުރެއްވީ ކިޔަވައި ދެއްވުމުގައެވެ. މަދަރުސަތުއް ސަލާހިއްޔާގައި ކިޔަވާދެއްވި މޫސާ ޖަމީލަކީ ރާއްޖޭގައި އެންމެ ގިނަ އަދެއްގެ މުދިމުން ތަމްރީނުކޮށް ދެއްވި ހިދުމަތްތެރިޔާއެވެ. ކިޔަވާދެއްވުމުގެ އިތުރުން މޫސާ ޖަމީލު ވަނީ އިސް ފަނޑިޔާރެއްގެ ގޮތުގައި ގިނަ ގުނަ ހިދުމަތަކެއް ކޮށްދެއްވާފައެވެ.

މޫސާ ޖަމީލަށް ލިބިވަޑައިގެންނެވި 5 ބޭފުޅުންގެ ތެރެއިން ދުނިޔޭގއި ތިއްބެވީ އެންމެ ދޮއްޓަށް ހުރި މުހައްމަދު ޝާހިދާއި ޖެހިގެން ހުންނެވި އަބްދުﷲ ޝާހިދާއި އަހުމަދު ޝާހިދެވެ. އެންމެ ހަގަށް ލިބިވަޑައިގަތީ ފާތުމަތު ޝާހިދާ އާއި އާމިނަތު ޝާހިދާއެވެ. 

1980ގައި މުޅި ރާއްޖެ ސިއްސުވާލި ހިތާމަވެރި ހާދިސާއެއްގައި އެ ދެބެން އެކުގައި އަވަހާރިވިއިރު ފާތުމަތުގެ އުމުރަކީ 14 އަހަރެވެ. އާމިނަތުގެ އުމުރުން 12 އަހަރެވެ. އެ ހާދިސާ ހިނގީ ސްކޫލް ޗުއްޓީގައި ވ. އަތޮޅު ކެޔޮދޫއަށް ކުރި ދަތުރުގެއްގެ ތެރޭގައި މޫދަށް ގެނބިގެނެވެ.  

ރައީސް މައުމޫންގެ ވެރިކަމުން ފެށިގެން ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވި އަބްދުﷲ ޝާހިދު ބައްޕާފުޚު އަވަހާރަވުމުން ކުރެއްވި ޕޯސްޓްގައި ވިދާޅުވީ އެމަނިކުފާނު މިހާ ހިސާބަށް އާދެވުމުގައި އެންމެ މުހިއްމު ރޯލެއް އަދާކުރައްވާ މުހިއްމު ނަސޭހަތްތަކެެއް ބައްޕާފުޅު ދެއްވިކަމަށެވެ. 

ރައީސް މައުމޫނާއި ރައީސް ސާލިހްގެ ވެރިކަމުގައި ރާއްޖޭގެ ފޮރިން މިނިސްޓަކަން ކުރެއްވި އަބްދުﷲ ޝާހިދަކީ މިހާރު ރާއްޖޭގެ އެންމެ ބޮޑު އެންމެ މެމްބަރުން ގިނަ ސިޔާސީ ޕާޓީ އެމްޑީޕީގެ ރައީސްއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް