ޗެލްސީ ސައިޒަށް ކަނޑައި އާސެނަލް އަލުން އެއްވަނައިގައި
ސްޕޯޓްސް ޓީމް
24 އޭޕްރީލް 2024 - 10:19:49
އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ ބޮޑު ތަފާތަކުން ބަލިކޮށް، އާސެނަލްއިން ޓޭބަލްގެ އެއްވަނައަށް އަރައިފިއެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ޗެލްސީ އަތުން އާސެނަލް މޮޅުވީ ފަސް ލަނޑުގެ ބޮޑު ތަފާތަކުންނެވެ. އާސެނަލް ތާވަލްގެ އެއް ވަނައިގައި މިހާރު އޮތީ 77 ޕޮއިންޓާ އެކު އެވެ. އެކަމަކު, އެއީ ދެ ވަނައިގައި 74 ޕޮއިންޓާ އެކު އޮތް ލިވަޕޫލަށް ވުރެ އެއް މެޗު އަދި ތިން ވަނައިގައި 74 ޕޮއިންޓާ އެކު އޮތް މެންޗެސްޓާ ސިޓީއަށް ވުރެ ދެ މެޗު އިތުރަށް ކުޅެގެންނެވެ.
ޗެލްސީ ކޮޅަށް ޖެހި ފަސް ލަނޑާއެކު އާސެނަލް މިހާރު އޮތީ ފައިދާ 56 ގޯލާއެކުއެވެ. މެޗުގެ ވަރަށް ކުރީ ކޮޅު އާސެނަލްއަށް ލީޑު ލިބުނު ނަމަވެސް އަނެއް ހަތަރު ލަނޑު ޖެހީ ދެވަނަ ހާފުގައެވެ.
50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް