ads
ރައްޔިތުންގެ މަޖިލިހުުގެ ޖަލްސާއެއްގެ ރިޔާސަތުގައި މަޖިލިހުގެ ރައީސް އަސްލަމް: ވަޑައިގެންނެވި މެންބަރުން މަދުކަމުން މިއަދުގެ މަޖިލިސް ޖަލްސާ ބޭއްވޭ ގޮތް ވަނީ ނުވެފައި - ފޮޓޯ:މަޖިލިސް
ވަޑައިގެންނެވި މެންބަރުން މަދުކަމުން މިއަދުގެ މަޖިލިސް ޖަލްސާ ނުބޭއްވުނު
ރައްޔިތުންގެ މަޖިލީހުުގައި މިއަދު ބާއްވަން އުޅުނު ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއަށް ވަޑައިގެންނެވި މެންބަރުންގެ އަދަދު މަދުވުމާ ގުޅިގެން ޖަލްސާ ނުބޭއްވި ކެންސަލްކުރަން ޖެހިއްޖެ އެވެ.

މިއަދުގެ ޖަލްސާ ހެނދުނު 9:00 ގައި ފެށުމަށް ތާވަލުކޮށްފައި ވީނަމަވެސް އެވަގުތާ ހަމައަށް ޖަލްސާ ބޭއްވޭ ވަރަށް މެންބަރުން ހާޒިރުވެފައިނުވާތީ ރިޔާސަތުން މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް އިއުލާނުކުރައްވާފައި ވަނީ ކޯރަމް ހަމަވޭތޯ 9:30 ވަންދެން ބައްލަވާނެ ކަމަށެވެ. އެހެންނަމަވެސް ކޯރަމް ހަމަވާ ވަރަށް މެންބަރުން ހާޒިރުނުވުމުން ޖަލްސާ ނުބޭއްވޭނެ ކަމަށް ފަހުން ވަނީ އިއުލާނު ކުރައްވާފަ އެވެ.

ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލިހަށް 87 މެންބަރުން އިންތިހާބުކުރި ނަމަވެސް މިހާރު މަޖިލިހުގައި ތިއްބަވަނީ 80 މެންބަރުންނެވެ. އެއީ ނައިބު ރައީސް ކަމަށް އިންތިހާބުވެވަޑައިގެންނެވި ހުސައިން މުހައްމަދު ލަތީފާ އެކު ޖުމްލަ ހަތް މެންބަރަކު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެޑްމިނިސްޓްރޭޝަނުގެ ކެބިނެޓަށް ވަޑައިގެންނެވުމުންނެވެ. ޖަލްސާ ބޭއްވޭ ވަރަށް ކޯރަމް ހަމަ ވަނީ 22 މެންބަރުން ހާޒިރުވުުމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް