ads
ދުވާފަރު ދާއިރާއަށް ވާދަކުރި ކެންޑިޑޭޓުން
4 ވޯޓްގެ ތަފާތު އޮތް ދުވާފަރު ފޮށި އަލުން ގުނާދިނުމަށް އެދެފި
ދުވާފަރު ދާއިރާގެ ފޮށި އަލުން ގުނާދިނުމަށް އެ ދާއިރާއަށްް ވާދަކުރި އަމިއްލަ ކެންޑިޑޭޓް އެދެފިއެވެ.

މިދިޔަ އާދިއްތަ ދުވަހު ބޭއްވި މަޖިލީހުގެ އިންތިހާބުގެ ދުވާފަރު ދާއިރާގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެންމެ ހަތަރު ވޯޓްގެ ތަފާތުން އެ ދާއިރާ ކާމިޔާބު ކުރީ ސަރުކާރުން ކެންޑިޑޭޓް މުހައްމަދު އަލީއެވެ. އޭނާއަށް ލިބިފައިވަނީ 1074 ވޯޓްވެެ. 

މުހައްމަދު އަލީ އެންމެ ކައިރިން ވާދަކުރި އަމިއްލަ ކެންޑިޑޭޓް އިބްރާހިމް އަބްދުއްރަހްމާނަށް ލިބުނީ 1070 ވޯޓެވެ. 

އީސީން ބުނީ ދުވާފަރު ފޮށި އަލުން ގުނާދިނުމަށް އެދުނީ ދެވަނަ އަށް ދިޔަ އިބްރާހިމް އަބްދުއްރަހްމާން ކަމަށެވެ. އަދި ފޮށި އަލުން ގުނުމާއި މެދު މިއަދު ކޮމިޝަނުން ގޮތެއް ނިންމާނެކަމަށްވެސް އީސީން ބުނެެއެވެ.

ދުވާފަރު ދާއިރާއަށް ޖުމްލަ 4 ކެންޑިޑޭޓުން ވާދަކުރިއެވެ. އެ ދާއިރާއަށްް ދެން ވާދަކުރީ ޖުމްހޫރީ ޕާޓީން ނުކުތް، ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ހޯމް މިނސްޓަރުން ކުރެއްވި އަޒްލީން އަހުމަދާއި އިދިކޮޅު އެމްޑީން ނުކުތް އިސްމާއިލް އަހުމަދުއެވެ. އަޒްލީނަށް އިންތިހާބުގައި ލިބުނީ 77 ވޯޓެވެ. އިސްމާއިލް އަހްމަދުއަށް ލިބުނީ 579 ވޯޓެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް