ads
އަމިއްލަގޮތުން ވާދަކުރައްވާ ވިލިނގިލި ދާއިރާއަށް އިންތިހާބުވެވަޑައިގެންނެވި އާޒިމް ރައީސް މުއިއްޒާ ސަލާންކުރައްވަނީ
އަމިއްލަގޮތުން ވާދަކޮށް ވިލިނގިލި ދާއިރާއަށް އިންތިހާބުވި އާޒިމް ޕީއެންސީއަށް
ނިމުނު ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އަމިއްލަގޮތުން ވާދަކޮށް، ވިލިނގިލި ދާއިރާއަށް އިންތިހާބުވެ ވަޑައިގެންނެވި އާޒިމް އަބްދުލް އަޒީޒް، ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީއަށް ސޮއިކުރައްވައިފި އެވެ.

އާޒިމް ވިލިނގިލި ދާއިރާގެ ގޮނޑި ކާމިޔާބުކުރައްވާފައި ވަނީ ޕީއެންސީގެ ޓިކެޓުގައި ނުކުންނެވި ޔަޒްމީދު މުހައްމަދު އާ ވާދަކުރައްވައިގެންނެވެ. ޔަޒްމީދަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ތާއީދުކުރެއްވި ކެންޑިޑޭޓު ވެސް މެ އެވެ.

އާޒިމް އަމިއްލަގޮތުން އިންތިހާބުގައި ވާދަކުރައްވާފައި ވަނީ މިދިޔަ ޖެނުއަރީ މަހު ބޭއްވި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ޕްރައިމަރީން ލިބިވަޑައިގެންނެވި ނާކާމިޔާބީ އާއެކުގަ އެވެ. ޕްރައިމަރީގައި އާޒިމްގެ މައްޗަށް ކުރި ހޯއްދަވާފައި ވަނީ ޔަޒްމީދެވެ.

އިންތިހާބުގައި އާޒިމަށް 1،170 ވޯޓު ލިބިވަޑައިގެންނެވިއިރު، އޭނާ އާ އެންމެ ގާތުން ވާދަކުރެއްވި ޕީއެންސީގެ ޔަޒްމީދަށް ހޯއްދެވުނީ 1،001 ވޯޓެވެ. އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ސައުދު ހުސައިނަށް ލިބިވަޑައިގެންފައި ވަނީ 240 ވޯޓެވެ.

އިންތިހާބުގެ ކެމްޕެއިންގައި ދެ ކެންޑިޑޭޓުން ވިދާޅުވަމުން ގެންދެވީ ކޮންމެ ބޭފުޅަކީ ވެސް "ސަރުކާރު ކެންޑިޑޭޓް" ކަމަށެވެ. އެ ކޯޅުން ބޮޑުވުމުން، ރައީސް މުއިއްޒާއި ކެބިނެޓް ވަޒީރުން ކެމްޕެއިނަށް ނުކުންނަވައި ޔަޒްމީދަށް ތާއީދުކުރާކަން ހާމަކުރެއްވި އެވެ.

އާޒިމް، ކޮންގްރެސް ޕާޓީއަށް ސޮއިކުރައްވާފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ. އެ ޕާޓީއަށް އޭނާ ސޮއިކުރައްވާފައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ލީޑަރު އަދި ކޮންގްރެސް ޕާޓީގެ ރައީސް މުއިއްޒުގެ ކުރިފުޅުމަތީގަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް