ads
ހުވާވޭއާ އެޕަލްގެ އުފެއްދުންތަކެއް
ޗައިނާއިން މިއަހަރުގެ ފުރަތަމަ ކުއާޓާގައި އައިފޯން އެތެރެކުރާ މިންވަރު ބޮޑުތަނުން ދަށަށް
ޗައިނާއިން މިއަހަރުގެ ފުރަތަމަ ކުއާޓާގައި އައިފޯން އެތެރެކުރާ މިންވަރު ބޮޑުތަނުން ދަށަށް ގޮސްފައިވާ ކަމަށް ކައުންޓާޕޮއިންޓް ރީސާޗް ޑޭޓާ އިން ހާމަކޮށްފި އެވެ.
Advertisement

ކައުންޓާ ޕޮއިންޓް ރީސާޗްއިން ނެރުނު ރިޕޯޓެއްގައި ބުނީ މިއަހަރުގެ ފުރަތަމަ 3 މަސް ތެރޭ ޗައިނާއިން އައިޕޯން އެތެރެކުރާމިންވަރު  19.9 އިންސައްތަ ދަށަށް ގޮސްފައިވާކަމަށެވެ. އަދި މީގެ ސަބަބުން އެޕަލް ކުންފުންޔަށް ބޮޑު ގެއްލުމެއް ލިބިފައިވާކަމަށްވެސް ކައުންޓާ ޕޮއިންތް ރީސާޗް އިން ހާމަކުރި އެވެ. 

އެ ރިޕޯޓްގައި ހާމަކޮށްފައިވަނީ އައިފޯން ޗައިނާއަށް އެތެރެކުރުން ބޮޑުތަނުން ދަށަށްގޮސްފައި މިވަނީ ޗައިނާގެ ޕޯން އުފައްދާ ކުންފުނިކަމަށްވާ ހުއާވެ ގެޑިމާންޑް ބޮޑުވެ، އެ ކުންފުންޔާއި އެޕަލް އާއި ދެމެދު އުފެދިފައިވާ ބޮޑު ވާދަވެރިކަމުގެ ސަބަބުން ކަމަށެވެ. 

އެޕަލްކުންފުންޔަށް ބޮޑު ގެއްލުމެއް ލިބިފައިވާއިރު ހުއާވޭ އަށް ވަނީ ބޮޑުތަނުން ފައިދާ ވާންފަށާފަ އެވެ. ހުއާވެގެ ޑިމާންޑް ބޮޑުވެ މަގުބޫލް ވާންފަށާފައި މިވަނީ ހުއާވެގެ މޭޓް 60 ސްމާޓް ފޯނުގައި އެކުލެވޭ ޓޮޕް ޓަޔާ ޗިޕެއްގެ ސަބަބުން 5ޖީ މެދުވެރިކޮށް މުއާމާލާތްކުރުމުގެ ހިދުމަތް އިތުރަށް ރަނގަޅުވެގެން ދިއުމުގެ ސަބަބުން ކަމަށް ކައުންޓާ ޕޮއިންޓް ރިސާޗް ރިޕޯޓް އިން ދައްކައެވެ.

މީގެ އިތުރުން 2019 ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެ އެމެރިކާއިން ވަނީ ހުއާވޭއަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅަން ފަށާފަ އެވެ. އެމެރިކާއިން އެފަދަ ފިޔަވަޅު އެޅީ ހުވާވެއީއަށް އެފަދަ ޓެކްނޮލޮޖީ ލިބުމަށް ހުރަސްއެޅުމުގެ ގޮތުންނެވެ. އެއިރު ހުއާވޭގެ ސްމާޓް ޕޯނު ވިޔަާރިއަށް ބޮޑުތަނުން ގެއްލުންވެ ވިޔަފާރީ އެއްކޮށް ރޫޅިގެން ދިޔައެވެ. ނަަމަވެސް ނެރުނު އާ ޓެކްނޮލޮޖީއާއި ގުޅިގެން ހުއާވޭން ދަނީ ވަދާވެރިވެ ވިޔާފާރިތަކުގެ މައްޗަށް ގަދަވެގަނެ ކުރި ހޯދަމުންނެވެ.

ހުވާވޭއަކީ ޗައިނާއިން 1987 ވަަނަ އަހަރު އުފެއްދި ކުންފުންޏެކެވެ. މި ވަގުތު ހުވާވޭ އަކީ ޗައިނާގެ 4 ވަނައަށް އެންމެ ބޮޑު ސްމާޓް ޕޯން ވިޔަފާރިކުރާ ކުންފުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް