ads
ޝާހްރުކް ހާން އާއި ދަރިކަނބަލުން ސުހާނާ ހާން
ޝާހުގެ އާ ފިލްމްގައި "ޑޯން" އެއްގެ ރޯލް ކުޅެނީ، ދަރިފުޅު ސުހާނާ އުޅޭނެ
ޝާހް ރުކް ހާންގެ ދަރިކަނބަލު ސުހާނާ ހާން އާއި އެއްކޮށް އެކްޝަންފިލްމެއް ކުޅުމަށް ހަަމަޖެހިފައިވާކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

މަޝްހޫރު ޑައިރެކްޓަރު ސުޖޯއީ ޖޯޝް ޑައިރެކްޓްކޮށް، ޝާހުގެ އަނބިކަނބަލުން ގޯރީ ހާން އާއި ސިދާރްތް އާނަންދް އުފައްދާ ފިލްމް "ކިންގް" ގައި ޝާހު އާއި ދަރިކަނބަލު ސުހާނާ ފެނިގެންދާނެކަމަށް ރިޕޯޓްކުރުމާއި އެކު ސަޕޯތަރުން ވަނީ ސޯޝަލް މީޑިއާގައި އުފާފާޅުކޮށްފަ އެވެ.

ދަރިފުޅު ސުހާނާ ބައްޕައާއި އެކު އަލަށް ފެނިގެންދާނެ މި ފިލްމުގައި ޝާހު "ކިންގް" ގައި ކުޅުމަަށް ހަަމަޖެހިފައިވަނީ ހެޔޮކަމާއި ނުބައިކަމުގެ ދެމެދުގައި ހަމަހަމަކަން އިހްތިޔާރުކޮށް އުޅޭ ނުވަތަ "ސްޓްރެއިޓް ފޯވާޑް" މީހެއްގެ ގޮތުގަ އެވެ. އަދި ސުހާނާ ފިލްމްގައި ކުޅުމަށް ހަަމަޖެހިފައިވަނީ ޑޯން ގެ ދަށުން ޓްރެއިން ކުރާ ދަރިވަރެއްގެ ރޯލެވެ. މި ފިލްމް ވެގެން ދާނީ ސުހާނާ ބޮލީވުޑްގެ ބޮޑު ސްކްރީނަށްވެސް ތައާރަފްވެގެންދާނެ ފުރަަތަމަ ފަހަރަށެވެ.

މީޑިއާއަށް ރިޕޯޓްކޮށްފައިވާގޮތުގައި "ކިންގް" މި ފިލްމަކީ ޝާހު ވަރަށް މަސައްކަަތަށް ގަޔާވެގެން ކުޅޭ ފިލްމެއް ކަަމަށާއި ޝާހު ދަނީ ޕްރޮޑިއުސަރުންނާއި އެކު  ވަަރށް ހީވާގި ކަމާއި އެކު މި ޕްރޮޖެކްޓަށް މަސައްކަތްކުރަމުންކަމަށް މައުލޫމާތުދެއެވެ. މީގެ އިތުރުން އިންޓަނޭޝަނަލް ސްޓަންޓް ޓީމަކާއި އެކު އުމުރުން 58 އަހަރުގެ ޝާހު ދަނީ 23 އަހަރުގެ ދަރިފުޅު ސުހާނާ އާއި އެކު ޓްރެއިންކުރަމުންކަަމަށްވެސް ބޮލީވުޑްގެ މީޑިއާތަކުން ހާމަކުރެ އެވެ.

ފިލްމު ނިކުތުމަށް ހަމަޖެހިފައިވަނީ 2025 ގައި ކަމަށްވާއިރު ސަޕޯޓަރުން މިހާރު ވެސް ދަނީ ބޮޑު ތަރުހީބެއްދީ މި ފިލްމަށް އިންތިޒާރުކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް