ads
ނިއުޕޯޓް ރެސްޓޯރެންޓް
ނިއުޕޯޓް ސަރުކާރަށް ނެގުމުގައި މައްސަލައެއް ނެތް
ސިނަމާލެ ބްރިޖު ސަރަހައްދުގައި، ހިންގި ނިއުޕޯޓް ވިއު ހިންގިތަން ކުރީ ސަރުކާރުން އަތުލާފައިވަނީ ރަނގަޅަށް ކަމަށް، ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.

ނިއުޕޯޓް ވިއު ހިންގުމުގެ އެއްބަސްވުން ބާތިލުކޮށް ސަރުކާރުން އެތަން ހުއްޓުވީ އިބްރާހީމް މުހައްމަދު ސާލިހުގެ ވެރިކަމުގެ ކުރީކޮޅުއެވެ. އެއީ، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2016 ވަނަ އަހަރު ނިއު ޕޯޓް ހިންގާ ސްޓްރާޑާ ކުންފުންޏަށް ދޫކޮށްފައިވާ ތަނެކެވެ.

އެ މައްސަލަ ސްޓްރާޑާއިން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ އެއްބަސްވުމާ އެއްގޮތަށް ކުލި ދައްކާފައި ނުވާކަން އެ ކުންފުނީގެ ބަހުން ވެސް އެނގޭ ކަމަށެވެ. އެއްބަސްވުން ބާތިލް ކުރުމުގެ ކުރިން، ސްޓްރާޑާއަށް ދޫކުރި ބިމުން ބައެއް ދައުލަތަށް ނަގާފައިވާތީ ސަރުކާރުން އެ ކުންފުންޏަށް ބަދަލު ދޭންޖެހޭނެ ކަމަށް އެ ކުންފުނިން ބުންޏަސް އެ ބަދަލު ނަގައިދެވޭނެ ހަމައެއް ނުދެއްކޭ ކަމަށް ހުކުމުގައިވެ އެވެ.

އެ ތަން ދޫކޮށްފައި ވަނިކޮށް 2019 ވަނަ އަހަރު ސަރުކާރުން އެއްބަސްވުން ބާތިލްކޮށް، އެތަން އަތުލި އެވެ. އަދި ނުދައްކާ ހުރި ކުލީގެ ގޮތުގައި 1.1 މިލިއަން ރުފިޔާ ހޯދުމަށާއި އެތަން ހުސްކުރުމުގެ އަމުރަކަށް ދައުލަތުން ކޯޓަށް ހުށަހެޅުމުން އެ ފައިސާ ދެއްކުމަށާއި އެތަން ހުސްކުރަން ސިވިލް ކޯޓުން އަމުރުކުރި އެވެ. އެ މައްސަލަ ސްޓްރާޑާއިން އިސްތިއުނާފް ކުރުމުން 2021 ވަނަ އަހަރު ހައި ކޯޓުން ވެސް އެ ހުކުމަށް ތާއީދުކުރި އެވެ.

ސުޕްރީމް ކޯޓުން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިންގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޝުޖޫނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް