ads
އިސްމާއިލް ހަބީބު: ވިދާޅުވީ ހަ މެންބަރުން ޕީއެންސީއަށް ގުޅުން އެންޓި-ޑިފެކްޝަން ގާނޫނާ ހިލާފު ނޫން ކަމަށް - ފޮޓޯ:އީސީ
6 މެންބަރުން ޕީއެންސީ އާ ގުޅުން އެންޓި-ޑިފެކްޝަން ގާނޫނާ ހިލާފެެއް ނޫން: ހަބީބު
ނިމިދިޔަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އަމިއްލަގޮތުން ވާދަކޮށް، އިންތިހާބުވި ހަ މެންބަރުން ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ސޮއިކުރުމަކީ އެންޓި-ޑިފެކްޝަން ގާނޫނާ ހިލާފު ކަމެއް ނޫން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ކުރީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެ އެވެ.

ޕީއެންސީއަށް އަލުން ސޮއިކުރި ހަ މެންބަރުން ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކު ނަންގަވާފައިވާ ފޮޓޯއެއް އެ ޕާޓީގެ ރަސްމީ "އެކްސް" އެކައުންޓުން މިއަދު ޕޯސްޓުކޮށް، ޕާޓީއަށް ސޮއިކޮށްފައިވާކަން ވަނީ ހާމަކޮށްފަ އެވެ.

އެކަމާ ގުޅޭގޮތުން ހަބީބު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގައި ބުނާ ޝަރުތުތަކުންކުރެ ޝަރުތެއް މި ހަ ބޭފުޅުންގެ އުނި ނުވާ ކަމަށެވެ. އަދި އެންޓި-ޑިފެކްޝަން ގާނޫނުގެ ތިންވަނަ މާއްދާގައި ބުނާ ގޮތުން 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު އަދި ނުފެށޭތީ އިންތިހާބުވެވަޑައިގެންފައިވާ ކޮންމެ މެންބަރަކަށް ވެސް އަންނަ މެއި މަހުގެ 28 ގެ ކުރިން އެ ބޭފުޅަކު ބޭނުންވާ ޕާޓީއަކާ ގުޅިވަޑައިގަތުމުގެ ފުރުސަތު އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންނޫނަސް، ގާނޫނުއަސާސީގެ 30، 59، 63، 69 އަދި 73 ގެ (ބ) އާ ހިލާފަށް، އަދި ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހައްގެއް ގާނޫނަކުން އުންޏެއް ނުކުރެވޭނެ،" މަޖިލިހަށް އިންތިހާބުވެ ވަޑައިގެންފައިވާ ހަ މެންބަރުންނަށް މަރުހަބާ ދަންނަވައި ހަބީބު ވިދާޅުވި އެވެ.

ކޮންގްރެސް ޕާޓީއަށް އަލަށް ސޮއިކުރެއްވި މެންބަރުން:

  • ޑރ. އަނާރާ ނައީމް - ހުރާ ދާއިރާ
  • ހަސަން ޒަރީރު - މަތިވެރި ދާއިރާ
  • އަހުމަދު ޒަމީރު - މައްޗަންގޮޅި މެދު ދާއިރާ
  • އަހުމަދު ރިޔާޒް - ތިމަރަފުށި ދާއިރާ
  • ޔާސީން އަބްދުﷲ - ނައިފަރު ދާއިރާ
  • އާޒިމް އަބްދުލް އަޒީޒް - ވިލިގިނލި ދާއިރާ

މީގެ ތެރެއިން ފަސް ބޭފުޅުންނަކީ މަޖިލިސް އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރި ނަމަވެސް ޕީއެންސީގެ ދަފުތަރުގައި ތިއްބެވި ބޭފުޅުންނެވެ. އަނާރާ އާއި އާޒިމް އަދި ޒަމީރަކީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ޕްރައިމަރީގައި ވާދަކޮށް ބަލިވި ތިން ބޭފުޅުންނެވެ. އެ ބޭފުޅުންގެ ތެރެއިން އަނާރާ އާއި ޒަމީރު އިންތިހާބަށް ނިކުންނަވާފައި ވަނީ ރައީސް މުއިއްޒުގެ ތާއީދާ އެކުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް