ads
ރޭ އުރީދޫ ހެޑް ކުއާާޓާސްގަ ބޭއްވި އިވެންޓުގެ ތެރެއިން -- ފޮޓޯ/ އުރީދޫ
އުރީދޫއިން ޓިކްޓޮކްއާއެކު ޕާޓްނާޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފި
އުރީދޫއިން ޓިކްޓޮކާއެކު ސްޓްރެޓިޖިކް ޕާޓްނާޝިޕެއްގައި ސޮއިކޮށްފި އެވެ.

އުރީދޫ މޯލްޑިވްސް އިން ޓިކްޓޮކްއާއެކު ސްޓްރެޓީޖިކް ޕާޓްނާޝިޕް އެއްބަސްވުމެއްގައި ސޮއިކޮށް ރޭ އެކަން ވަނީ އިއުލާނުކޮށްފަ އެވެ.

މިއާއެކު، ރާއްޖޭގައި ޓިކްޓޮކް ބޭނުންކުރާ ފަރާތްތަކުގެ ތަޖުރިބާ އިތުރަށް ފުރިހަމަވެ އިތުރު ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށް އުރީދޫއިން ބުނެއެވެ.

މި އިވެންޓުގައި ވާހަކަދައްކަވަމުން އުރީދޫ މޯލްޑިވްސްގެ ސީއީއޯ، ހާލިދު އަލް-ހަމާދީ ވިދާޅުވީ، އުރީދޫއާއި ޓިކްޓޮކްގެ މި ޕާޓްނަރޝިޕާއިއެކު ޓިކްޓޮކާއި އެކު، ކަސްޓަމަރުންނަށް ކޮންޓެންޓް އުފެއްދުމަށާއި، އެކަކު އަނެކަކާއި އޮންނަ ގުޅުން ބަދަހިކޮށް، އާކަންތައްތައް ހޯދުމުގައި އުރީދޫ ނެޓްވާރކް މެދުވެރިކޮށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެކަމަށެވެ.

"ޓިކްޓޮކާއެކު، އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ކޮންޓެންޓް އުފެއްދުމަށާއި އެކަކު އަނެކަކާ އޮންނަ ގުޅުން ބަދަހިކޮށް، އާ ކަންތައްތައް ހޯދުމުގައި އުރީދޫ ނެޓްވޯކް މެދުވެރިކޮށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ،" އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން، ޓިކްޓޮކަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ޕެކްތަކެއް ވެސް އުރީދޫއިން މި އިވެންޓުގައި ވަނީ ލޯންޗްކޮށްފަ އެވެ.

އުރީދޫއިން ބުނީ ރާއްޖޭގައި މިހާރު އުފެދިފައިވާ އަދި އުފެދެމުންދާ ކޮންޓެންޓް އުފައްދާ ފަރާތްތަކަށް މި ޕެކްތަކުގެ ސަބަބުން އިތުރު ލުއިތަކެއް ލިބިގެންދާނެކަން ޔަގީންކުރާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް