ads
ބީޗް ވޮލީ ޓީމު
ޒުވާން ބީޗު ވޮލީ ޓީމު ތައިލެންޑަށް
އޭޝިއާގެ 19 އަހަރުން ދަށުގެ ބީޗް ވޮލީބޯޅަ މުބާރާތުގައި ވާދަކުރުމަށް ދިވެހި ޒުވާން ޓީމު ތައިލެންޑަށް ފުރައިފިއެވެ.

އޭޝިއާގެ 19 އަހަރުން ދަށުގެ ބީޗް ވޮލީބޯޅަ މުބާރާތް އޮންނާނީ މެއި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފަސް ދުވަހުގެ މުއްދަތަށެވެ. އޭޝިއާގެ ހުރިހާ ގައުމަކަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި ފިރިހެން 32 ޓީމު އަދި އަންހެން 21 ޓީމު ވާދަކުރާނެއެވެ. މިއީ އޭވީސީއިން މި މުބާރާތް ބާއްވާ ފަސްވަނަ ފަހަރެވެ.

ދިވެހި ޓީމުގައި ހިމެނޭ ކުޅުންތެރިން:

ޓީމު 1: މުޙައްމަދު އިކުރާމް އިސްމާޢީލް ރަޝީދު (އދ. ކުނބުރުދޫ) / އިބްރާހީމް ރާކިން ހަސަން (އދ. މާމިގިލި)

ޓީމު 2: މުޙައްމަދު އިއުޖާޒް ހަސަން (ޅ. ނައިފަރު) / އަބްދުﷲ އާލް އަލީ (ޅ. ނައިފަރު)

އޭޝިއާގެ 19 އަހަރުން ދަށުގެ ބީޗް ވޮލީ މުބާރާތުގައި ރާއްޖެއިން ވާދަކުރުމަށް ހަމަޖެހިފައިވަނީ ފިރިހެން ބައިގައި އެކަންޏެވެ. މި ޓީމުގެ ކޯޗަކީ އަދުނާން އަބްދުލް ހަމީދެވެ. އަދި މުބާރާތުގައި ދިވެހި ރެފުރީ އިސްމާޢީލް އަބްދުﷲ ހަރަކާތްތެރިވާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް