ads
އެތްލެޓިކްސްގެ އިވެންޓެއްގެ ތެރެއިން
އެތްލެޓިކްސް އިންތިހާބު އަންނަ މަހު ފަހުކޮޅު
އެތުލެޓިކްސް އެސޯސިއޭޝަންގެ އިންތިހާބު އަންނަ މަހު ފަހުކޮޅު ބާއްވަން އިއުލާންކޮށްފި އެވެ.

އެތުލެޓިކްސް އެސޯސިއޭޝަންގެ އިންތިހާބު ބާއްވަން ކަނޑައަޅާފައިވަނީ މެއި މަހުގެ 24 ދުވަހުއެވެ. މި އަހަރު ދައުރު ހަމަވާ، މިހާރުގެ އެކްސްކޯގެ ހަތް މަގާމަކަށް މި އިންތިހާބުގައި މީހުން އިންތިހާބު ކުރާނެ އެވެ. އިންތިހާބަށް ކުރިމަތިލާން ހުޅުވާލަނީ އަންނަ އާދިއްތަ ދުވަހު އެވެ. ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 15 ވަނަ ދުވަސްކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ. ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރާނީ މެއި 17 ވަނަ ދުވަހު އެވެ.

އެތްލެޓިކްސް އެސޯސިއޭޝަންގެ އިންތިހާބުގައި އެސޯސިއޭޝަންގެ ރައީސާއި ނައިބުރައީސް އަދި ހަޒާންދާރުކަމަށް ކުރިމަތިލެވޭނީ އެސޯސިއޭޝަން މެންބަރު ކްލަބްތަކުގެ ތެރެއިން ކޮންމެ ވެސް އެއް ކްލަބެއްގެ ރުހުން ލިބިގެންނެވެ.

އެތުލެޓިކްސްގެ ރައީސް މަގާމު މިވަގުތު އޮތީ ހުސްކޮށެވެ. އެއީ އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ތޮލާލް، ސްޕޯޓްސް ކޮމިޝަނާގެ މަގާމަށް ވަޑައިގަންނަވަން އެ މަގާމުން އިސްތިއުފާ ދިނުމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް