ads
ހުޅުމާލޭގައި މާރާމާރީއެއްގައި ޒަހަމްވި 2 ޒުވާނަކަށް ފަރުވާދެނީ
ހުޅުމާލޭގައި ހިންގި މާރާމާރީއެއްގައި ޒަހަމްވި 2 ޒުވާނަކަށް ފަރުވާދޭން ފަށައިފިއެވެ.

މި މާރާމާރީ ހިނގާފއިވަނީ ހުޅުމާލެ ސެންޓްރަލް ޕާކް ކައިރީގައެވެ. މާރާމާރީގައި ޒަހަމްވި 2 ޒުވާނުންނަށް ފަރުވާ ދެމުން އަންނަނީ ހުޅުމާލެ ހޮސްޕިޓަލްގައެވެ. 

ފުލުހުން ބުނީ މި މާރާމާރީ ހިނގާފައިވަނީ ދެ ގުރޫޕެއްގެ މެދުގައިކަމަށެވެ. އަދި މިރޭ 9 ޖެހިއިރު ހިނގި މި މާރާމާރީގެ ސީންގައި ފުލުހުން ހަރަކާތްތެރިވަމުންދާކަމަށްވެސް ފުލުހުން ބުނެއެވެ. 

މި މައްސަލާގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް