ads
މާލޭގެ ހަދާފައިވާ ޕާކިން ސަރަހައްދެއް.
ޕާކިން ހައްލުކުރަން މާލޭގެ ހުރިހާ ސަހަރާތަކުގައި ޕާކިން ހަދަނީ
މާލެއަށް ދިމާވެފައިވާ ޕާކިން މައްސަލަ ހައްލުކުރުމަށް މާލޭގެ ހަތަރު ސަހަރާގައި ޕާކިން އޭރިޔާތައް ހެދުމަށް ނިންމާފައިވާކަމަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
Advertisement

މޭޔަރު އާޒިމް ވިދާޅުވީ މާލޭގެ ޕާކިން ހައްލުކުރުމަށް މިހާރު ވަނީ މާލޭގެ ހަތަރު ސަހަރާއިން ބައެއް ނަގާފައިކަމަށެވެ. އަދި ކައުންސިލުން ސަހަރާތަކުން ބައެއް ނެގީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ލަފާ ހޯދުމަށްފަހު ކަމަށެވެ.

މި މަސައްކަތުގެ ދަށުން ޕާކިން އޭރިޔާ ހެދުމަށް މައްޗަންގޮޅި ސަހަރާގެ ކަންމަތިން  އެއްބަޔާއި، ގަލޮޅު، މާފަންނު އަދި  ސަހަހެންވޭރު ސަހަރާގެ ބައެއް ނަގާ އެ މަސައްކަތް ފެށުމަށް ތައްޔާރު ވަމުން އަންނަކަމަށެވެ. 

އާޒިމް ވިދާޅުވީ މާފަންނު ސަހަރާއިން ބޮޑު ބައެއް ނަގާ ޕާކިން ހެދުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށެވެ. މި މަސައްކަތަށް ބޮޑު ހަރަދެއް ހިންގާނެކަން ފާހަގަކުރައްވަމުން އާޒިމް ވިދާޅުވީ އެތަން ހެދުމުން ޕާކިންނަށް ދިމާވެފައިވާ މައްސަލައަށް އެ ސަރަހައްދުގައި ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެކަމަށެވެ. 

މާލެއަށް ދިމާވެފައިވާ ޕާކިން މައްސަލަ ހައްކުކުރަން ޕާކިން ބިލްޑިން އެޅުމުގެ މަޝްރޫއުތައް އެބަހުރިކަމަށައި އެ ޕާކިން އޭރިޔާތައް ހަދާނީ ޕާކުތަކާއި އެކުކަމަށްވެސް އާޒިމް ވިދާޅުވިއެވެ. 

" ޕާކިން ބިލްޑިންތަކެއް އެޅުމަށްޓަކައި 12 ވަރަކަށް ޕްރޮޖެކްޓު އެބަ އޮތް އެޕޮއިންޓްމެންޓުގައި ފެށެން. އެ އެއްޗިހި އަވަހަށް ފެށޭތޯ އަޅުގަނޑުމެން އެބަ މަސައްކަތް ކުރަން، އަޅުގަނޑުމެންގެ ޓީމުތަކާއި އިންފްރާސްޓްރަކްޗާ ޓީމުތަކާއި ވާހަކަދައްކައިގެން،" މޭޔަރު އާޒިމް ވިދާޅުވިއެވެ.

މާފަންނު ސަހަރާގެ އެއްބައި ނަގާ މިހާރުވެސް އޮތީ ޕާކިންނަށް ހާއްސަކޮށްފައެވެ. މިކަން މިދިޔަ ސަރުކާރާއި ރައީސް ޔާމީން ސަރުކާރުގައިވެސް ކުރަން އުޅުމުން ބައެއް މީހުންގެ ފާޑުކިޔުންތައް އޭރު އަމާޒުވިއެވެ.

ބައު ޖަމާލުއްދީން ބިމުން ބައެއްގައި އަންޑަރ ގްރައުންޑް ޕާކިން ފެސިލިޓީ ހަދަން ނިންމާ އެކަން ސަރުކާރުގެ ހަފްތާގައި 14 ގައި ވަނީ އިއުލާންކޮށްފައެވެ. އެހެންނަމަވެސް މި މަސައްކަތް އަދި ފަށާފައެއް ނުވެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް