ފިރިހެނުންގެ ލޯންގްކޯސް 100 މީޓަރ ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯރޑް މުހައްމަދު އާން އާކޮށްފައިވަނީ މެލޭޝިއާގައި މިހާރު ކުރިއަށްދާ 66 ވަނަ މެލޭޝިއާ އޯޕަން ސްވިމިންގ ޗެމްޕިއަންޝިޕްސް 2024 ގައެވެ. އާން މި ގައުމީ ރެކޯޑު އާކޮށްފައި ވަނީ 00.54.45 އިން ރޭސް ފުރިހަމަކޮށްގެންނެވެ.
އާން ވަނީ މިއިވެންޓުން ފައިނަލް ސީ އަށްވެސް ދަތުރު ކޮށްފައެވެ. ފައިނަލްގައި އާންގެ ރޭހުގެ ވަގުތަކީ 00.54.75 އެވެ.
100 މީޓަރ ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑު އެންމެފަހުން އާކޮށްފައިވަނީވެސް އާން އެވެ. އެއީ، މިއަހަރު ކުރީކޮޅު ބޭއްވި 11 ވަނަ އޭޝިއަން އޭޖްގްރޫޕް ޗެމްޕިއަންޝިޕްސްގައެވެ. އާން އެފަހަރު ގައުމީ ރެކޯޑު އާކޮށްފައިވަނީ 00.55.11 އިންނެވެ.