ads
ކެޓްރީނާ އާއި އިޒަބެލް---
ކެޓްރީނާ އާއި އޭނާގެ ކޮއްކޮގެ ފޮޓޯއަށް ގިނަ ބައެއްގެ ސަމާލުކަން!
ބޮލީވުޑުގެ މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފް އާއި އޭނާގެ ކޮއްކޮ އިޒަބެލް ކައިފްގެ ފޮޓޯއަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.

އިންސްޓަގުރާމު މެދުވެރިކޮށް ކެޓްރީނާ ހިއްސާކޮށްފައިވާ އެފޮޓޯތަކުން ފެނިގެންދަނީ އޭނާ އާއި ކޮއްކޮ އެޒަބެލް އާ ދެމީހުން ނަގާފައިވާ ސެލްފީއެކެވެ. ގިނަ ބަޔަކަށް އެފޮޓޯ ކަމުގޮސްފައިވާއިރު އެދެމީހުން ވަރަށް ވައްތަރު ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ކެޓްރީނާ މަސައްކަތްކޮށްފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި "ޒީރޯ" އާއި "ޓައިގާ ޒިންދާ ހޭ" އާއި "ދޫމް 3" އާއި "ޖަބް ތަކް ހޭ ޖާން" އަދި "އަޖަބް ޕްރޭމް ކީ ގަޒަބް ކަހާނީ" ހިމެނެ އެވެ. 

އޭނާ އެންމެ ފަހުން ފެނިގެން ދިޔައީ "ބާރަތު" އިންނެވެ. އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ "ސޫރްޔަވަންޝީ" އިންނެވެ. އެފިލްމުގައި އޭނާ އާ އެކު ފެނިގެންދާނީ އަކްޝޭ ކުމާރެވެ.

އިޒަބެލް ބޮލީވުޑަށް ތައާރަފްވާން ތައްޔާރުވެފައިވައިރު އޭނާ ފެނިގެންދާނީ އާޔޫޝް ޝަރުމާ އާއެކު "ކްވަތާ" އިންނެވެ. އެފިލްމު ނެރޭނެ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް