މި ސަރުކާރުގު ފުރަތަމަ ހ މަސްދުވަހު އިގްތިސާދާއި ބެހޭ ވުޒާރާއިން ކުރި މަސައްކަތްތައް ހާމަކުރައްވަމުން ވަޒީރު ސައީދު ވިދާޅުވީ މިނިވަން ވިޔަފާރީގެ އެއްބަސްވުން އެކުލަވާލުމަށް އިސްވެ ހުށައެޅީ އިންޑިއާއިން ކަމަށެވެ. އަދި ރައީސް ޑރ. މުއިއްޒު ވަނީ ހުރިހާ ގައުމަކާއި އެކު ވިޔަފާރީގެ އެއްބަސްވުން ހެދުމަށް ފުރުސަތު ހުޅުވާލާފައިކަމަށްވެސް ސައީދު ވިދާޅުވިއެވެ.
ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި 2004 ގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ސޮއިކުރިއެވެ. ސައުތު އޭޝިއަން ފްރީ ޓްރޭޑް އެގްރީމެންޓް (ސަފްޓާ) ނަމުގައި ގާއިމު ކުރި މި އެއްބަސްވުން އަދިވެސް ދެމިއެބައޮތެވެ.
ސައީދު ވިދާޅުވީ، ތުރުކީއާ އެކު ހަދާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ގާތްގަނޑަކަށް ދެ ބައްދަލުވުން ފަހުގެ މަރުހަލާގައި އޮތް އިރު، މި އެއްބަސްވުމުގެ ދަށުން އެ ގައުމަށް މަސް އެކްސްޕޯޓު ކުރާ ފަރާތްތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;