ލޯންގްކޯސް 50މ ފްރީސްޓައިލް ގައުމީ ރެކޯޑް އާން އާކޮށްފި
ސްޕޯޓްސް ޓީމް
26 މޭ 2024 - 15:29:34
ފިރިހެނުންގެ ލޯންގްކޯސް 50 މީޓަރ ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑް މުހައްމަދު އާން ހުސައިން އާކޮށްފިއެވެ.
ލޯންގްކޯސް 50 މީޓަރ ފްރީސްޓައިލް ގައުމީ ރެކޯޑް އާން ހުސައިން އާކުރީ މެލޭޝިއާގައި މިހާރު ކުރިއަށްދާ 66 ވަނަ މެލޭޝިއާ އޯޕަން ސްވިމިންގ ޗެމްޕިއަންޝިޕްސް 2024 ގައެވެ. މި ރޭހުގައި ފަތައި އާން ގައުމީ ރެކޯޑު އާކޮށްފައި ވަނީ 00:24.28 އިން ރޭސް ފުރިހަމަކޮށްގެންނެވެ.
އާން ވަނީ މިއިވެންޓުން ފައިނަލް ބީ އަށްވެސް ދަތުރު ކޮށްފައެވެ.
50 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯޑު އެންމެފަހުން އާކޮށްފައިވަނީވެސް އާން އެވެ. އެއީ، 2022 ވަނަ އަހަރު ބޭއްވުނު ކޮމަންވެލްތު ގޭމްސް ގައެވެ. އާން އެފަހަރު ގައުމީ ރެކޯޑު އާކޮށްފައިވަނީ 00:24.34 އިންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް