ads
ފިލްމީ ތަރި ކަންގަނާ ރަނާވަތު, 37: އޭނާ ވަނީ އިންޑިއާގެ ޕާލިމެންޓުގެ ގޮނޑި ކަށަވަރުކޮށްފަ -
ކަންގަނާ އިންޑިއާގެ ޕާލަމެންޓްގެ ގޮނޑިއެއް ކާމިޔާބުކޮށްފި
އިންޑިއާގެ އާންމު އިންތިހާބުގެ ނަތީޖާ ސާފުވާން ފަށާފައިވާއިރު ބޮލީވުޑުގެ ތަރި ކަންގަނާ ރަނާވަތު އޭނާ ވާދަކުރި ދާއިރާގެ ގޮނޑި ކާމިޔާބުކޮށްފި އެވެ.

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަންގަނާ ރަނާވަތު އިންޑިއާގެ ގާނޫނު ހަދާ މަޖިލިސް "ލޮކް ސަބާ" އަށް ވާދަކުރީ ހަރުކަށި ހިންދޫ ވަތަނީ ސިޔާސަތެއް ގެންގުޅޭ އިންޑިއާގެ ވެރިކަން ކުރާ ޕާޓީ ބީޖޭޕީގެ ޓިކެޓްގަ އެވެ. 

ކަންގަނާ, 37, ވާދަކުރީ އޭނާގެ އުފަން ދާއިރާ ހިމަޗަލް ޕްރަޑޭޝް މަންޑީގެ ގޮނޑިއެވެ.

އެ ގޮނޑިއަށް އިދިކޮޅު ކޮންގްރެސް ޕާޓީގެ ލީޑަޝިޕުގައި ހިމެނޭ، ވިކްރަމަދިތާ ސިންހު ވާދަކުރި ނަމަވެސް ކަންގަނާ އިންތިހާބު ކާމިޔާބުކުރީ 74،000 އަށްވުރެ ގިނަ ވޯޓުގެ ތަފާތަކުންނެވެ.

ބޮލީވުޑުގައި ކާމިޔާބު ވެފައިވާ މިންވަރަށް، ސިޔާސީ މައިދާނުގައި ވެސް ކާމިޔާބު ވެވޭނެ ކަމަށް އޭނާ ގަބޫލުކުރާ ކަމަށް ކަންގަނާ އިންތިހާބު ކެމްޕއެއިން ރެލީތަކުގައި ވަނީ ބުނެފަ އެވެ. އަދި މި އިންތިހާބު ކާމިޔާބު ވާނެކަމާމެދު ޝައްކު ނުކުރާކަމަށް ވެސް އޭނާ ބުންޏެވެ.

ބޮލީވުޑްގެ މައްސަލަތަކުގެ އިތުރުން އިންޑިއާގެ ސިޔާސީ އެކި މައްސަލަތަކާއި ގުޅޭގޮތުން ވެސް ކަންގަނާ އަބަދުވެސް ޕޯސްޓްކޮށް ހަދައެވެ. އޭނާ ބުނާ ގޮތުގައި އެ މައްސަލަތަކުގައި އޭނާ އަޑު އުފުލަނީ މުޖްތަމައުގެ ތެރޭގައި ބަދަލެއް ފެންނަން އެދޭތީ އެވެ. 

ކަންގަނާނެ މި މިޒާޖާހުރެ މި ބަރުލަމާނީ އިންތިހާބު އޭނާ ކުރި ހޯދަފާނެ ކަމަށް އޭނާގެ ފޭނުން ވެސް ކުރިން ވަނީ ލަފާކޮށްފަ އެވެ. 

ކަންގަނާ ބުނީ ފިލްމީ ދުނިޔެ އަކީ ދޮގެއްގެ މައްޗަށް އުފެދިފައި އޮތް ދެތުވެރިކަމެއް ނެތް ތަނެއް ކަމަށެވެ. އެއީ ވަރަށް "ފޭކް" ދުނިޔެއެއް ކަމަށް އޭނާ ބުންޏެވެ.

ސިޔާސީ ދާއިރާގައި އުޅެމުން ފިލްމީ ކަންކަމަށް ވަގުތު ހުސްކުރާނީ ކިހިނެއްތޯ "އާޖް ތަކް" އަށް ދިން އިންޓަވިއުގައި ކަންގަނާއާ ސުވާލުކުރުމުން ޖަވާބުގައި ބުނީ ގޮނޑި ކާމިޔާބުވެއްޖެ ނަމަ ފިލްމު ކުޅުން ހުއްޓާލާނެ ކަމަށެވެ.

ޖޯޝާ އެކު ހެޔޮ ނިޔަތެއްގައި ފިލްމު އުފައްދަން ބޭނުންވާ ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން ބޮލީވުޑްގައި ތިބިކަމަށް ގަބޫލު ނުކުރާ ކަމަށް ވެސް ކަންގަނާ ވަނީ މި އިންޓަވިއުގައި ބުނެފަ އެވެ.

your imageބަތަލާ ކަންގާނާ: މަޖިލީސް ގޮނޑި ކާމިޔާބު ކުރެވިއްޖެނަމަ ފިލްމީ ދާއިރާގައި މަސައްކަތް ކުރުން ދޫކޮށްލާނެ ކަމަށް ކުރިން ބުނި

އިންޑިއާގެ އާންމު އިންތިހާބުގެ ނަތީޖާ ސާފުވާން ފަށާފައިވާއިރު "ޓައިމްސް އޮފް އިންޑިއާ" ނޫހުން އާންމުކޮށްފައިވާ ނަތީޖާއިން ދައްކާ ގޮތުގައި ގާނޫނު ހަދާ މަޖިލީހުގެ 543 ގޮނޑީގެ ތެރެއިން، ބީޖޭޕީ ހިމެނޭ އެންޑީއޭއިން ވަނީ 291 ގޮނޑި ކާމިޔާބުކޮށްފަ އެވެ. އޭގެ ތެރޭގައި ބީޖޭޕީގެ 239 ގޮނޑި ހިމެނޭއިރު މަޖިލީހުގެ އަގުލަބިއްޔަތު 272 ގޮނޑިން ލިބެއެވެ.

ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި މައި އިދިކޮޅު ޕާޓީ ކޮންގްރެސްއިން އިސްކޮށް އޮންނަ އިންޑިއާ ކޯލިޝަނަށް މިހާތަނަށް ލިބިފައިވަނީ 234 ގޮނޑިއެވެ.

އެ ނަތީޖާއާއެކު މޯދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އުފާ ފާޅުކުރައްވައި، ރައްޔިތުން އެންޑީއޭއަށް އިތުރު ދައުރެއް ދިނުމުން، ސަރުކާރަށް އޮތް އިތުބާރު ހާމަވެފައިވާ ކަމަށް ވިދާޅުވި އެވެ. އަދި މިއީ ވަރަށް ތާރީޚީ ކާމިޔާބީއެއް ކަމަށް ވިދާޅުވެ، މޯދީ ވަނީ ރައްޔިތުން ބޭނުންވާ ކަންތައްތައް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އަރުވައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް