ads
ކޮވިޑް-19 އެވެއާނަސް ޕްރޮގްރާމް ފޮޓޯ/ ކަރެޝަން
ވައިރަހާ ގުޅިގެން ޖަތަކުގައި މަސައްކަތްކުރާ މީހުންނަށް ތަމްރީނު ޕްރޮގްރާމެއް!
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޖަލުތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ކޮރޯނާ ވައިރަހުން ރައްކާތެރިވުމާ ބެހޭ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި އެވެ.

 ކަރެކްޝަނުން ބުނީ  ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަހުން ރައްކާތެރިވުމާ ބެހޭ ޕްރޮގްރާމު ކުރިއަށް ގެންދިއައީ ހުކުރު ދުވަހުކަމަށެވެ. 

ހެލްތު ޕްރޮޓެކްޝަން އެޖެންސީ ( އެޗުޕީއޭ)އިން ކުރިއަށް ގެންދިޔަ ތަމްރީން ޕްރޮގްރާމްގެ މަގްސަދަކީ ކަރެކްޝަން ބެލުމުގެ ދަށުގައިވާ ގައިދީންނާއި ބަންދު މީހުންނާއި އޮފިސަރުންނާއި މުވައްޒަފުންނަށް ކޯވިޑް-19 އާ ބެހޭ މައުލޫމާތު ދިނުމުގެ އިތުރުން އަމަލުކުރަންޖެހޭ ގޮތް ކިޔައިދުނުންކަމަށެވެ.

އެއްވެސް މީހެއްގެ ގައިން ކޯވިޑް-19 ގެ އަލާމަތްތައް ފެނިއްޖެ ހާލަތެއްގައި އަޅަންޖެހޭ ފިޔަވަޅުތަކާއި އެއްވެސް މީހަކު އެ ވައިރަހަށް ޕޮޒިޓިވް ވެއްޖެ ހާލަތެއްގައި އަޅަންޖެހޭ ފިޔަވަޅުތައް ބައިވެރިންނާ ހިއްސާކުރެއްވިކަމަށް ކަރެކްޝަނުން ބުނެ އެވެ.

ޕާސަނަލް ޕްރޮޓެކްޝަން އިކުއިޕްމަންޓް (ޕީޕީއީ) ބޭނުންކުރާނެ ގޮތާއި ސާމްޕަލް ކަލެކްޓްކުރާނެ ގޮތް ތަމްރީނު ޕްރޮގްރާމުގައި ކިޔާދީފައިވެ އެވެ.

އެ ޕްރޮގްރާމްގައި ބައިވެރިވި 40 މީހުންގެ ތެރޭގައި  ސާވިސްގެ އެކި ޖަލުގެ މެޑިކަލް ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން ޕްރިޒަން އޮފިސަރުންނާއި މުވައްޒަފުން ހިމެނެއެވެ.

ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް ކަރެކްޝަން ޖަލުތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ތަމްރީން ޕްރޮގްރާމެއް ހިންގާފައިވާއިރު ބަލިން ރައްކާތެރިވުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަވިސްގެ ބެލުމުގެ ދަށުގައި ތިބޭ ގައިދީންނަށާއި ބަންދުމީހުންނަށް ވީޑިއޯ ކޯލް މެދުވެރިކޮށް އާއިލާއާ ބައްދަލުކުރުމުގެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް