އިސްރާއީލް އަސްކަރިއްޔާގެ ތަރުޖަމާނު ޑެނިއަލް ހަގާރީ ރޭ ބުނީ ހަނގުރާމައިގެ އަމާޒު ކަމުގައިވާ ހަމާސް ޖަމާއަތް ނައްތާލުމަކީ މިވަގުތު ހާސިލް ނުކުރެވޭނެ ކަމެއް ކަމަށެވެ.
ހަގާރީ ބުނިގޮތުގައި ހަމާސް އަކީ ހަނގުރާމަވެރި ޖަމާއަތެއްގެ އިތުރުން ފަލަސްތީނު ރައްޔިތުންގެ ގިނަ ބައަކު ގަބޫލުކުރާ އަދި ފަލަސްތީނު މީހުންގެ ހިތްތަކުގައިވާ ފިކުރެކެވެ. އެފިކުރު ބައްޔެއް ނުކުރެވޭނެއެވެ. އަދި ނައްތައެއްވެސް ނުލެވޭނެއެވެ.
އިސްރާއީލުގެ ސިޔާސީ ވެރިން ހަމާސް ނައްތާލުމަށް އާ އުސޫލުތަކެއް ނުގެންގުޅޭ ކަމުގައިވާ ނަމަ، ހަމާސްގެ މުޖާހިދުން ގާޒާގައި ދެމިތިބޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.
މިއީ ގާޒާގައި 7 އޮކްޓޯބަރު އިން ފެށިގެން އިޒްރޭލުން ހިންގަމުންދާ ހަމަލާގައި އިޒްރޭލުގެ ސިފައިންނަށް އަމާޒުކޮށް ޖެނުއަރީގެ ފަހުން ދިން އެންމެ ވަރުގަދަ ހަމަލާ އެވެ.
ހަގާރީ އެގޮތަށް ބުނި އިރު، ޔަހޫދީ ދައުލަތުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ހަނގުރާމައިގެ އުކުޅުތައް ގެންގުޅެމުންދާ ގޮތާއި މެދުގައި ނަތަންޔާހޫ އާއި އިސްރާއީލްގެ ސިފައިންގެ އިސް ޑިފެންސް އޮފިޝަލުންނާ ދެމެދު ވަނީ ވަރަށް ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދިފަ އެވެ.
ގަތުލްއާންމު ފެށުނު ފަހުން އިޒްރޭލުގެ އަސްކަރިއްޔާއަށް އަމާޒުކޮށް އެންމެ ވަރުގަދަ ހަމަލާއެއް ދީފައި ވަނީ ޖެނުއަރީގަ އެވެ. އެ ހަމަލާގައި އިޒްރޭލުގެ 21 ސިފައިން ވަނީ މަރުވެފަ އެވެ.
އިޒްރޭލުން ގާޒާގައި ހަމާސް ނައްތާލުމުގެ ނަމުގައި ހިންގަމުންދާ ގަތުލްއާންމުގައި މިހާތަނަށް 37700 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ. އަދި ޝަހީދުވި މީހުންގެ ތެރޭގައި ގިނައީ ކަމާ ނުބެހޭ ކުޑަކުދިންނާއި އަންހެނުންނެވެ.
ޔަހޫދީ ޖައްބާރު އިސްރާއީލުގެ އިސްތިއުމާރަށް ވާގިވެރިވެ ފަލަސްތީނު އަޅުވެތިކުރަން ޖައްބާރު ޔަހޫދީ އިސްރާއީލަށް ހިތްވަރުދޭ ހުޅަނގުގެ މުނާފިގު އިސްތިއުމާރީ ބާރުތަކަށް އަދި ވެސް އޮތް އެންމެ ބޮޑު ބިރުވެރި އެލާޓަކީ "ހަމާސް" އިން ގާޒާގައި ވެރިކަން ކުރަމުން އައުމެވެ. އަދި ގާޒާގެ ވެރިކަމުގައި ހަމާސް އަބަދަށްވުމަށް މުޅި ފަލަސްތީނު ދުލުން އެދި އެދި ވުމެވެ. އަދި ޖައްބާރު ޔަހޫދީ އިސްރާއީލުގެ ކޮންމެ ހަމަލާއަކަށް ހަމާސް ޖަމާއަތުގެ އަސްކަރީ ގޮފި އަލްގައްސާމް ބްރިގޭޑް އަސްކަރީ އަގީދާއަށް މުޅި ފަލަސްތީނު ތަބާވުމެވެ.