ads
މުހައްމަދު ހުސެއިން
މަސްތުވާތަކެތީގެ ބޮޑެއް އަތުލައިގެންފި
ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އަތުލައިގަތް 100 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހިމެނޭ ދުވަސްވީ މީހާ، އަނެއްކާވެސް މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.

2021 ވަނަ އަހަރުގެ އޮކްޓޯބަރު 13 ވަނަ ދުވަހު ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި ހޯދި 100 ކިލޯ މަސްތުވާތަކެތީގެ މައްސަލައާ ގުޅިގެން ހައްޔަރު ކުރެވުނު ދުވަސްވީ މީހަކީ، ދ. ބަނޑިދޫ ޕޮލަރިސް މުހައްމަދު ހުސައިން އެވެ. އޭރު އޭނާގެ އުމުރަކީ 61 އަހަރެވެ. 

އޭނާ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށް އާދިއްތަ ދުވަހު ކޯޓަށް ގެންދިޔުމުން ޝަރީއަތް ނިމެންދެން ބަންދުކުރަންވަނީ މުއްދަތު ޖަހާފައެވެ. މުހައްމަދު ހުސެއިން ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރު ކުރީ ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއީލް ޝަފީއުއެވެ. ކުރިން، ހެކި ނެތް ކަމަށް ބުނެ އޭނާ ދޫކޮށްލީވެސް ހަމަ ގާޒީ އިސްމާއީލް ޝަފީއުއެވެ. 

ރާއްޖެއަށް ކަނޑުމަގުން ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އެތެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން 2021 އޮކްޓޯބަރު 13 ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސް ޔުނިޓާއި މެރިން ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަންގައި  ފުލުހުންގެ ބެލުމުގެ ދަށަށް މުހައްމަދު ހުސައިން ހިމެނޭހެން 10 މީހަކު ގެނައެވެ.

100 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައިތަހުގީގު މަރުހަލާ ނިމުނު އިރު ވެސް ފެނުނު މަސްތުވާތަކެއްޗާ އެ މީހުންނާ ގުޅުވާލެވޭނެ ހެކި،ގަރީނާތަކެއް ފުލުހުންނަށް ދެއްކިފައި ނުވާ ކަމަށް ބުނެ އޭރު މުހައްމަދު ހުސެއިންވަނީ ކޯޓުން ދޫކޮށްލާފައެވެ. 

އެ މައްސަލައިގައި މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 105 ވަނަ މާއްދާގެ ދަށުން، ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގައި އަދި މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 114 ވަނަ މާއްދާގެ ދަށުން، ޑައިމޯފިން ބޭނުންކުރުމުގެ ކުށުގެ ދައުވާ މުހައްމަދު ހުސައިން މައްޗަށް އުފުލި އެވެ. މުހައްމަދު ހުސައިންގެ މިހާރުގެ އުމުރަކީ 64 އަހަރެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް