ads
ވީއައިއޭގެ ގްރައުންޑް ހޭންޑްލިން ވެހިކަލްތައް: އެމްއޭސީއެލް އިން 10 ދާއިރާއަކުން 20 ޕަސެންޓާ ހަމައަށް ހަރަދުތައް ކުޑަކުރަނީ - ފޮޓޯ:އެމްއޭސީއެލް
އެމްއޭސީއެލް އިން 10-20 އިންސައްތަ އާ ދޭތެރެއިން ހަރަދު ކުޑަކުރަނީ
ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވި ހަރަދުކުޑަކުރުމުގެ ސިޔާސަތުގެ ދަށުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ޖުމްލަކޮށް 10-20 އިންސައްތައަށް ހަރަދު ކުޑަކުރެވޭނެކަމަށް ލަފާ ކުރެވޭނެކަމަށް އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓާ އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެ އެވެ.
Advertisement

އެމްއޭސީއެލްގެ އެމްޑީ މިފަދައިން ވިދާޅުވީ މިއަދު ވެލާނާ އިންޓަނޭޝަނަަލް އެއާޕޯޓުގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި "ސީއެންއެމް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ޝަރީފް ވިދާޅުވި މައިގަނޑުގޮތެއްގައި 10 ވަރަަކަށް ދާއިރާއިން އެމްއޭސީއެލްއިން ހަރަދުކުރުމަށް ހަަމަޖެހިފައިވާކަަމަށެވެ. އެގޮތުން ކަރަންޓު ހަރަދު، ފެން، ފޯނު ހަރަދު، ޕޭޕަރު ހަރަދު، ތެޔޮ ހަރަދު، އަދި އިންވެންޓަރީ ހަރަދުވެސް މީގެ ތެރޭގައި ހިމެެނެއެވެ.

"ހަރަދުކުޑަކުރުމުގެ ފިޔަވަޅުތަކުން 10 އާ 20 ޕަސަންޓްއާ ދޭތެރޭ، ޖުމްލަގޮތެއްގައި ހަރަދު އިރާދަކުރެއްވިއްޔާ ކުޑަ ކުރެވޭނެ" އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވި އެވެ.

އެގޮތުން ކުންފުންޔަށް އިތުރު ޕްރިޓަރެއް ދެން އެތެރެ ނުކުރެވޭނެކަަމަށާއި، 1 އަހަރު ދުވަސް ތެރޭގައި "ޕޭޕާލެސް" ކުންފުންޔަކަށް އެމްއޭސީއެލް ހަދަން މަސައްކަތް ކުރައްވާނެކަމަށް އެމްޑީ ވިދާޅުވި އެވެ. އަދި ފެނުގެ ހަރަދުކުޑަކުރުމުގެ ގޮތުން އެއާޕޯޓުގެ އެތެރޭގައި ހުރި ހުރިހާ ޑިޕާޓްމަންޓްތަކުގައި މީޓަރު ހަރުކުރުމާއި މިހާރު ކުރިއަށް ގެންދާ ޕަވާ އަޕްގްރޭޑިން ޕްރޮޖެކްޓް ގެ ދަށުން ކުރިއަށް އޮތް 15 ދުވަސްތެރޭގައި އާ ޖެނެރޭޝަން ސެޓުތަކެއް ބޭނުންކުރެވިގެންދާނެކަމަަށް އެމްޑީ ވިދާޅުވި އެވެ. މީގެ ސަބަބުން ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ތެލުގެ މިންވަރު މަދުވެގެން 20 ޕަސަންޓް ދަށްވާނެކަމުގެ ޔަގީންކަން އެމްޑީ ދެއްވި އެވެ.

މީގެ އިތުރުން ދަތުރުފަތުރުގެ ހަރަދުކުޑަ ކުރުމުގެ ގޮތުން މެންޑޭޓަރީ ޓްރެއިނިންތަށް އޮންލައިންކޮށް ކުރަން ރޭވިފައިވާކަމަށް އެމްޑީ ވިދާޅުވި އެވެ. އަދި ބޭރަށް ފޮނުވައިގެން އެމްއޭސީއެލް މުވައްޒަފުން ޓްރެއިން ކުރަން ޖެހޭ ހާލަތެއްގައި ބައިންލައްގްވާމީ އެކްސްޕާޓުން ރާއްޖެއަށް ގެނެސްގެން ޓްރެއިން ކުރެވޭވަރުގެ ޓްރެއިނާސް ގެނެސް ރާއްޖެގައި ޓްރެއިން ކުރުމުގެ އިންތިޒާމް ހަމަޖެހިގެންދާނެމަަށް އެމްއޭސީއެލްގެ އެމްޑި ވިދާޅުވި އެވެ. އަދި ހަރަދު ކުޑަކުރުމުގެ ގޮތުން ކުރަން ރޭވިފައިވާ އިތުރުކަންކަމުގެ ތެރޭގައި ޓެލެފޯނު ހަރަދު 60 އިންސައްތައަށް ދަށްކުރުމާއި އެއާޕޯޓުގެ އިވެންޓް ހަރަދުތަަކަށް 1 ލައްކަ ރުފިޔާގެ ގެ ދަށުން އިންތިޒާމް ކުރުމަށް ހަޖަޖެހިފައިވާކަމަށް އެމްޑީ ވިދާޅުވި އެވެ.

ހަރަދު ކުޑަކުރަން މަސައްކަތް ކުރި ނަމަވެސް އެއްވެސް މުވައްޒަފެއް ކުންފުނިން ވަކި ނުކުރާނެކަމަށާއި އަދި އެއްވެސް މުވައްޒަފެއްގެ މުސާރަ ކުޑަނުކުރާނެކަމަށްވެސް އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވި އެވެ. 

"ޓްރެވަލް ޕޮލިސީ ރިވިއު ކޮށްފައި އެންމެ ހަރަދު ކުޑަ ގޮތަކަށް އަޅުގަނޑުމެން ޓްރެވަލް ބައްޓަން ކުރާނެ. ހާއްސަކޮށް ބިޒްނަސް ކްލާހުން ދަތުރު ކުރުން ކޮންމެހެން މަޖުބޫރީ ހާލަތެއްގައި ނޫނީ ނުކުރާނަން. އެހެން ނޫނަސް އެއާލައިންތަކާއި ޓިކެޓިން ބޭފުޅުންނާ ވާހަކަ ދައްކައިގެން ރަނގަޅު އެގްރީމެންޓްސް ހަދައި ޓިކެޓިން ހަރަދުތައް ކުޑަކުރާނަން،" އޭނާ ވިދާޅުވި އެވެ.

އެމްއޭސީއެލްއިން ހަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތައް

1. ތެލަށް ކުރާ ހަރަދު

2. ކޮންސިއުމަބަލްސް ތަކެތި ގަންނަން ކުރާ ހަރަދު

3. ފެނަށް ކުރާ ހަރަދު

4. ކަރަންޓަށް ކުރާ ހަރަދު ކުޑަކުރުން

5. ދަތުރުފަތުރަށް ކުރާ ހަރަދު

6. ކުންފުނީގެ އެތެރޭގެ މަސައްކަތްތަކަށް ދާ ހަރަދު

7. ބޭންކް ޗާޖަސް ދަށްކުރުން

8. ކޮމިއުނިކޭޝަނަށް ކުރާ ހަރަދުތައް

9. އެތެރޭގެ އިންވެންޓްރީ އަށް ކުރާ ހަރަދުތައް

10. އެކިއެކި އިވެންޓްތައް ބާއްވަން ކުރާ ހަރަދުތައް

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް