ads
މަރާމާތުތަކަށްފަހު މާލެ ޖަލު އެނެކްސް 1 އަލުން ހުޅުވާފައި -- ފޮޓޯ / ވީނިއުސް
އެންމެ ގިނަ މީހުން ޖަލަށްލީ މަސްތުވާތަކެތީގެ މައްސަލަތަކުގައި
މިދިޔަ މަހު ރާއްޖޭގެ ކޯޓުތަކުން ހުކުމްކޮށް ޖަލަށްލާފައި ވަނީ 35 މީހުން ކަމަށް ކަރެކްޝަންސް އިން ބުނެފި އެވެ.

ކަރެކްޝަންސް އިން މިއަދު އާއްމުކުރި ތަފާސްހިސާބުތަކުގައި ވާގޮތުން ޖަލުތަކުގައި ޖުމްލަ 60 މީހުން މިދިޔަ މަހު ވަނީ ބަންދުކޮށްފަ އެވެ. އޭގެ ތެރެއިން 25 މީހުންނަކީ ޝަރީއަތް ކުރިއަތްދާތީ ބަންދުގައި ބަހައްޓާފައިވާ މީހުންނެވެ.

ފެބްރުއަރީ މަހެކޭ އެއްގޮތަށް މާޗް މަހުވެސް އެންމެ ގިނަ މީހުންނަށް ޖަލު ހުކުމްކޮށްފައި ވަނީ މަސްތުވާތަކެތީގެ މައްސަލަ ތަކުގަ އެވެ. ދެވަނަ އަށް އެންމެ ގިނަމީހުން ޖަލަށް ހުކުމްކޮށްފައި ވަނީ ވައްކަމާއި ފޭރުމުގެ މައްސަލަ ތަކުގަ އެވެ.

މާޗް މަހު ޖަލުހުކުމްކޮށް ބަންދުކޮށްފައިވަނީ:

  • މަސްތުވާތަކެތީގެ މައްސަލަތަކުގައި - 13 މީހުން
  • ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި - 6 މީހުން
  • ނުކިޔަމަންތެރިވުމުގެ މައްސަލަތަކުގައި - 4 މީހުން
  • ކުޑަކުދިންނާ ބެހުމުގެ މައްސަލަތަކުގައި - 3 މީހުން
  • ޖިންސީ އަނިޔާކުރުމުގެ މައްސަލަތަކުގައި - 2 މީހެއް

އޭގެ އިތުރުން ވެސް ކޮރަޕްޝަން ނުވަތަ މަކަރާއި ހީލަތުގެ މައްސަލައެއްގައި އެކަކު އަދި ވަނުން މަނާތަނަކަށް ވަނުމުގެ މައްސަލައެއްގައި އެކަކު، ބަދުއަޚުލާގީ މައްސަލައެއްގައި ވެސް މީހަކު ޖަލަށްލާން ހުކުމްކުރިއިރު ކޯޓުގެ ހުރުމަތް ކެނޑުމުގެ މައްސަލައެއްގައި ވެސް މީހަކު ޖަލަށް ލާފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް