ads
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު
ެއެއާ ސާވިސް ވޯލްޑް ކޮންގްރެސް މިފަހަރު ރާއްޖޭގައި، ޓޫރިޒަމަށް ފައިދާކުރާނެ
އެއާ ސާވިސް ވޯލްޑް ކޮންގްރެސް މިފަހަރު އޮންނާނީ ރާއްޖޭގައިކަމަށާއި މި ކޮންގްރެސްގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ފައިދާއެއް ކުރާނެކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސިއެލް) ގެ ޗީފް ކޮމާޝަލް އޮފިސާ މުހައްމަދު މިހާދު ވިދާޅުވެއްޖެ އެވެ.

މިހާދު ވިދާޅުވީ ގާތްގަނޑަކަށް 36 އެއާލައިނަކާއި 12 އެއާޕޯޓަކުން ރާއްޖެ ހޮސްޓް ކުރާ މި އިވެންޓްގައި މިފަހަރު ބައިވެރިވާނެކަމަށެވެ. އަދި އެކި އެކި އެއާޕޯޓުތަކާއި، އެއާލައިންތަލުން 100 އަށްވުރެއް ގިނަ އަދަދަކަށް ޑެލެގޭޓްސް ބައިވެރިވާއިރު ބައެއް ގައުމުތަކުގެ ޓޫރިޒަމް ޕްރޮމޯޝަން ބޯޑުތަކުންވެސް މި އިވެންޓްގައި ބައިވެރިވާނެކަމަށް މިހާދު ވިދާޅުވި އެވެ.

"ރާއްޖޭގެ އެއާޕޯޓުގެ މައިގަނޑު މި އަންނަ ފަރާތްތަކަަކީ ފަތުރުވެރިން އެހެންވީމާ ފަތުރުވެރިކަން ކުރިއެރުވުމަށް ދިވެހިރާއްޖޭގެ އެއާޕޯޓުގެ ވިޔަފާރިއަށް އަދި މި ދެ ސިނާއަތް މި އޮންނަނީ ވަރަށް ބޮޑަށް ގުޅިފައި ފަތުރުވެރިކަމުން ނަފާ ހޯދާ ގައުމަކަށްވެފައި އަދި ފަތުރުވެރިކަމުގެ ސިނާއަތުން ގްރޯ ކުރާ އޭވިއޭޝަން އިންޑަސްޓްރީ އޮންނަ ގައުމަކަށް ސްޓޭކް ހޯލްޑާސް އެއްތަނަަކަށް އައިސް، އެއާލައިންތައް އައިސް ބައްދަލުވެ ވާހަކަދެއްކުމަކީ ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި އަލުގަނޑު ދެކެނީ" މިހާދު ވިދާޅުވި އެވެ.

36 އެއާލައިންސް އަދި 12 ވަރަކަށް އެއާޕޯޓަކީ ފުދޭވަރަކަށް ބޮޑު އަދަދެއްކަމަށާއި ރާއްޖޭގައި ހޮސްޓްކުރާ އިވެންޓަކަށް، ރާއްޖެއަށް އެ ފަރާތްތަކުން ޒިޔާރާތްކުރީމަ ކުރުމުން ރާއްޖޭގެ އޭވިއޭޝަން ސެކްޓާ ހިނގާ ގޮތާއި ފަތުރުވެރިކަން ހިނގާ ގޮތް ބަލާލެވޭނެކަމަށް މިހާދު ވިދާޅުވި އެވެ.

"މި އިވެންޓް ހިނގަނީ ރާއްޖޭގެ 3 ރިސޯޓެއްގައި، ކްރޮސް ރޯޑްގައި އެއް އިވެންޓް އޮންނާނެ، މެއިން އިވެން އޮންނާނީ ކުރުނބާގައި، ޝެރިޓަންގައިވެސް އިވެންޓެއް އޮންނާނެ، މި 3 ރަށެއްގައި 3 ދުވަހެއްގެ މަތިން ކަންތައް ކުރިއަށް ދާތީވެ އަޅުގަނޑުމެންްނަށް ލޮޖިސްޓިކަލީ އެރޭންޖް ކުރުމުގެ ކަންތައްތައް އަޅުގަނޑުމެން އެންމެ އިސްކަމެއް ދީގެން ކުރިއަށް މިގެންދަނީ، ދެން އިވެންޓް މެނޫ ތައްޔާރުކުރުން، ވިއްސާރަވެސް މޫސުމެއް، މި ހުރިހާ ޗެލެންޖަސްތަކަކަށް އެޑްރެސްކޮށްގެން ދިވެހި ރާއްޖޭ ފަތުރުވެރިކަމަށް މާކެޓް ވެފައި މި އިންނަނީ އެކްސްސެލެންޓް ސާވިސްއެއް ދިނުން" މިހާދު ވިދާޅުވި އެވެ.

މިމަހުގެ 9 އިން 11 އަށް ތާވަލުކޮށްފައިވާ މި އިވެންޓް ކުރިއަށްދާނީ ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށްބޮޑަށް އިސްކަން ދެވިގެންކަމަށާއި ރާއްޖޭގެ ބައިވެރިވާ ފަރާތްތަކަށް ރާއްޖޭގެ ފަތުރުވެރިކަން ބޭނުން ވަރަށް ބޮޑަށް ދައްކާލެވިގެންދާނެކަމަށް މިހާދު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް