ads
އެސްއެމްއީ ހަބް ފޮޓޯ: ކޯޕޮރޭޓް މޯލްޑީވްސް
އެސްއެމްއީ ހަބު ހިންގާ އިމާރާތުގައި ޑިވެލޮޕްމެންޓް ބޭންކް ހިންގަން ނިންމައިފި
ބިޒްނަސް ސެންޓަރު ކޯޕަރޭޝަން (ބީސީސީ) އިން ހިންގާ "އެސްއެމްއީ ހަބް" އިމާރާތުގައި ޑިވެލޮޕްމަންޓް ބޭންކާއި ފައިނޭންސް ސެންޓަރެއް ގާއިމް ކުރަން ސަރުކާރުން ނިންމައިފި އެވެ.

"ސީއެންއެމް"އަށް މައުލޫމާތު ދެމުން ބީސީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޒިއާއު ވިދާޅުވީ ޑިވެލޮޕްމަންޓް ބޭންކް ހިންގަން އެސްއެމްއީ ހަބް އިމާރާތުގެ އެންމެ ތިރީ ފަންގިފިލާ އަދި އެންމެ މަތީ ފަންގިފިލާ ބީސީސީން ދޫކޮށްލާފައިވާކަމަށެވެ.

އެއީ އެންމެ ތިރީގައި ހިންގާ ތަނާއި، އެންމެ މަތީގައި ހިންގާ ގޭމިންއާއި މުނިފޫހިފިލުވުމުގެ ވަސީލަތްތައް ހުރި ފްލޯއެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް މިހާރެކޭ އެއްގޮތަށް ދެވަނަ ފްލޯގައި ހިންގާނެ ކަމަށް ޒިޔާއު ވިދާޅުވިއެވެ.

"އެހެން ތަންތަނަކީ ކުދި ވިޔަފާރިތަކަށް މަންފާވާ ތަންތަނެއް ނޫން. އޭގެން ކުލި ނެގޭ ތަންތަނަކީ ބީސީސީއަށް މަންފާވާ ތަންތަން. އެހެންވީމާ އެންމެ މައްޗާ ތިރި ނޫނީ، މެދު ފްލޯގައި ތިބި ވެންޑަރުން ތިބޭނެ،" އޭނާ ވިދާޅުވި އެވެ.

ޒިއާއު އިތުރަށް ވިދާޅުވީ އެސްއެމްއީ ހަބްގައި ހުރިހާ ކުދި ވިޔަފާރިއެއް ހިންގަނީ މެދު ފަންގިފިލާގައި ކަމަށްވެސް ޒިއާއު ހާމަކުރި އެވެ. 

އެސްއެމްއީ ހަބްގެ ގްރައުންޑް ފްލޯގައި ސިޓީ ބޭކަރީ އާއި ކުޑަ ލައިބްރަރީއެއް ހިންގާއިރު ފުރަތަމަ އަދި ދެވަނަ ފްލޯގެ ކިއޯސްކްތަކުގައި ކުދި ވިޔަފާރިތަކުގެ ކެފޭ އާއި ފިހާރަތައް ހިންގަ އެވެ. ބީސީސީ އިން އަންނަނީ ތިން ވަނަ ފްލޯ ވެސް ހަދަމުންނެވެ. އެ ތަނުގައި 25 މީހުންނަށް ހާއްސަ ސިނަމާ އަކާއި ސެލޫން ފަދަ ތަންތަނަށް ކުދި ގޮޅިތައް ވިޔަފާރިތަކަށް ދޫކުރަން ކުރިން ނިންމާފައި ވެ އެވެ.

ނަމަވެސް، ސަރުކާރުން މިހާރު ނިންމާފައިވަނީ ގްރައުންޑް އަދި ދެ ވަނަ ފްލޯ އަށް ބަދަލުތަކެއް ގެނެސް ޑިވެލޮޕްމަންޓް ބޭންކާއި ފައިނޭންސް ސެންޓަރު އެ ދެ ފްލޯގައި ހަދާ ގޮތަށެވެ.

2022 ވަނަ އަހަރުގެ ޑިސެމްބަރުމަހު ހުޅުވި އެސްއެމްއީ ހަބަކީ ރާއްޖޭގައި ހިންގާ ކުދި ވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރިތަކަށް ބާޒާރު ހޯދައި ދިނުމަށް ބީސީސީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހުޅުވުނު ތަނެކެވެ. މިތަނުގައި ޖުމްލަ 50 ވަރަކަށް ކުދި ވިޔަފާރިތަކަށް ފުރުސަތު ދީފައި ވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް