ads
ވިހި ވަނަ މަޖިލިސް މެންބަރުން
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު 77 އަށް މަދުކުރަނީ
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު މަދު ކުރުމަކީ ދައުލަތުގެ ހަރަދު ކުޑަކުރަން މުހިންމު ކަމެއް ކަމަށާއި މަޖިލީހުގެ މެމްބަރުންގެ ދެން އަންނަ ދައުރަކަށް މަޖިލީހުގެ މެމްބަރުންގެ އަދަދު 77 އަށް މަދު ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ، މިހާރު ކުރިއަށްދާ ޕީއެންސީގެ ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.  

ރައީސް ވިދާޅުވީ، ހަރަދު ކުޑަކުރުމުގެ ވާހަކަ ދައްކާއިރު ގައުމަށް ކަތާވަރުގެ ގޮތަކަށް ނިޒާމު ބައްޓަން ކުރަންޖެހޭ ކަމަށެވެ. އެގޮތުން މަޖިލީހުގެ "ސައިޒު" ކުޑަކުރުމަކީ އެމަނިކުފާނު ތާއީދު ކުރައްވާ ކަމެއްކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކުޑަ ކުރަން ވިސްނާ އިރު ވެސް މާ ކުޑަކޮށްލީމަ ވެސް އެއީ ރަނގަޅު ގޮތަކަށް ނުވާނެ. އެންމެ ރަނގަޅު ގޮތަކަށް ވާނީ 17 ވަނަ މަޖިލީހުގައި އަދަދު އޮތް އަދަދު. އެއީ 77 މެމްބަރުން،" ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން، ކައުންސިލްތަކުގެ ސައިޒު ކުޑަކޮށް، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީސްގެ އިންތިހާބު އެއްކޮށް ބާއްވަން ބޭނުންވެވަޑައިގަންނަވާ ކަމަށް ވެސް ރައީސް މިރޭ ވިދާޅުވި އެވެ.

"ދިވެހި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަކަށް ވާނީ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުއެކީގައި ބޭއްވުން. އެއިރުން އަޅުގަނޑުމެންނަށް އެބަ ސަލާމަތް ކުރެވޭ ރައްޔިތުންގެ ފައިސާއިން މަދުވެގެން 120 މިލިއަން ރުފިޔާ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކައުންސިލުތަކުގެ ސައިޒު ކުޑަ ކުރުމުން އޭގެ ފައިދާ ރައްޔިތުންނަށް ފެންނާނެ ކަމަށެވެ.

ކޮންމެ ފަސް އަހަރަކުން އެއްފަހަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވެގެން ދިޔުން ނިމުމަކަށް ގެނައުމަށްޓަކައި ސިޔާސީ ޕާޓީތަކުގެ ވައުދު ފޮތުގައި ވެސް ހިމަނަ އެވެ. ނަމަވެސް ގާނޫނުއަސާސީގެ 71 ވަނަ މާއްދާ އަދި މިހާތަނަށް އިސްލާހުވެފަ އެއް ނުވެ އެވެ. ފެހި ގާނޫނުއަސީސީ ވުޖޫދަށް އައިސް، 2008 ވަނަ އަހަރުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ތިން ދައުރު ނިމުނީ އެވެ.

ގާނޫނުއަސާސީގެ 71 ވަނަ މާއްދާގައި ބުނަނީ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކޮށްފައިވާ އާބާދީގެ ފުރަތަމަ 5000 މީހަކަށް ނުވަތަ 5000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެންބަރުން ތިބެން ޖެހޭނެ ކަމަށެވެ. އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކުރެވިފައިވާ އާބާދީ 5000 އަށް ވުރެ އިތުރުވާ ނަމަ އާބާދީގެ ފުރަތަމަ 5000 މީހުންނަށް ވުރެ އިތުރުވާ ކޮންމެ 5000 މީހަކަށް މެންބަރެއް ހުންނަން ޖެހެ އެވެ.

އެހެންކަމުން، ކޮންމެ މަޖިލީހެއްގެ ޖުމްލަ މެންބަރުންގެ އަދަދު ކަނޑައެޅެނީ މި އިދާރީ ދާއިރާތަކާއި މީހުންގެ އާބާދީ އަށް ބެލުމަށް ފަހު އެވެ. ގާނޫނުއަސާސީގައި ބަޔާންކުރާ މެންބަރުންގެ ޖުމްލަ އަދަދު ގުނާނެ ހަމައަކީ އެއީ އެވެ. އަދި އިދާރީ ދާއިރާތައް ގާނޫނުއަސާސީގައި މާނަކުރަނީ، އިދާރީ ގޮތުން ރާއްޖޭގެ ރަށްރަށް އަތޮޅުތަކުގެ މައްޗަށް ބެހިގެންވާ ގޮތެވެ. މިސާލަކަށް ހުވަދު އަތޮޅު ނުވަތަ ތިލަންދުމަތީ ދެކުނު ބުރި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް