ads
އިއްޔެ އިމިގްރޭޝަނުން ހިންގި އޮޕަރޭޝަންގައި އަތުލައިގެން ބީދޭސީ އަންހެނަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދަނީ
މާރުކޭޓް ގޮޅިތަކުން އަނެއްކާވެސް 6 ބިދޭސީން ބަންދަށް
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުމަށް ހިންގާ އޮޕަރޭޝަންގައި އަނެއްކާވެސް މާލޭގެ މާރުކޭޓްތަކެއް ފާސްކޮށް ބަޔަކު ހައްޔަރުކޮށްފިއެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުމަށް މިދިޔަ މަހުގެ 29ގައި ވެސް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ވަނީ ހާއްސަ އޮޕަރޭޝަނެއް ހިންގާފައެވެ. އެ އޮޕަރޭޝަންގައި މާލެ ސަރަހައްދުގެ 4 ތަނެއް ބަލައި ވަނީ ފާސްކޮށް އެ އިދާރާގެ ބެލުމުގެ ދަށަށް 83 ބިދޭސީއެއް ގެންދިޔައެވެ. 

އިމިގްރޭޝަނުން ބުނީ އިއްޔެވެސް މާލެ ސަރަހައްދުގައި ހިންގަމުންދާ ދެ މާރުކޭޓެއް ބަލައި ފާސްކޮށްފައިވާކަމަށެވެ. އަދި އެތަން ތަނުން 6 މީހަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދިޔަކަމަށެވެ. އެއީ 04 ފިރިހެނަކާއި 02 އަންހެންކަމަށް އެ އިދާރާއިން ބުނެއެވެ. 

your imageއިއްޔެ އިމިގްރޭޝަނުން ހިންގި އޮޕަރޭޝަންގައި އަތުލައިގެން ބީދޭސީން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދަނީ 

މިދިޔަ މަހުގެ 29 ވަނަދުވަހު މާލެއިން ބާލާ ފާސްކޮށް ބިދޭސީން ހައްޔަރު ކުރި އެއް ތަނަކީ މަޖީދީމަގުގައި ހުންނަ ތަރުކާރިއާ މޭވާ ވިއްކާ ހާފް ޕްރައިސް ކިޔާ މާރުކޭޓްއެވެ. އެތަން ރެއިޑްކޮށް މީހުން ނެގުމުން ބަންދުކޮށްފައި ހުންނަތާ ދެ ދުވަސްފަހުން ިއއްޔެ ވަނީ އަނެއްކާވެސް އެތަން ހުޅުވާ ވިޔަފާރިކުރަން ފަށާފައެވެ. މުޅި ތަނުގައި ތިބޭ އަނެއްކާވެސް ބިދޭސީންނެވެ. 

ބައެއް ބިދޭސީން ފިލަންވަނީ، މާރުކޭޓް ގޮޅިތަކުގެ އަށިތައް ދަށަށް

އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް ބިދޭސީން ހިންގަމުންދާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށް ކުރިއަށްގެންދާ ރެއިޑް އޮޕަރޭޝަންތައް ކުރިއަށް އޮތްތަނުގައި ވެސް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެކަމަށެވެ. އަދި މިކަމުގައި ދޫދިނުމެއް ނެތްކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ. 

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދާ ފިޔަވަޅު އެޅުމަށްް ކުރަމުންދާ މަސައްކަތުގެ ދަށުން ގަވައިދާ ހިލާފަށް އުޅުނު 1800 އަށްވުރެ ގިނަ ބިދޭސީން މިހާތަނަށް އެމީހުންގެ ގައުމަށް ފުރުވާލާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް