ads
ސައީދު އެމެރިކާއަށް ކުރައްވާ ދަތުރުގެ ތެރެއިން
ވިޔަފާރީގެ ގުޅުން ބަދަހިކުރަން ސައީދު އެމެރިކާއަށް
ވިޔަފާރީގެ ގުޅުންތައް ބަދަހިކުރަން އިގްތިސާދާއި ބެހޭ ވަޒީރު މުހައްމަދު ސައީދު އެމެރިކާއަށް ވަޑައިގެންފިއެވެ.

ރަސްމީ މި ދަތުރުގައި ވަޒީރު ސައީދު އެމެރިކާގެ ޗެމްބަރ އޮފް ކޮމާސްގެ މެމްބަރުންނާއި ސަރުކާރުގެ އެހެނިހެން އިދާރާތަކުގެ އޮފިޝަލުންނާއި ބައްދަލުކުރައްވާނެކަމަށް އިގްތިސާދާއި ބެހޭ ވުޒާރާއިން ބުނެއެވެ. އަދި އެމެރިކާގެ ވިޔަފާރިވެރިންނާއިވެސް ވަޒީރު ސައީދު ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ. 

ވުޒާރާއިން ބުނީ ވަޒީރުގެ މި ދަތުރުގެ ބޭނުމަކީ ވިޔަފާރީގެ ދާއިރާއާއި އިންވެސްޓެމެންޓް ދާއިރާގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭ ގޮތުން މަޝްވަރާކުރުންކަމަށެވެ. 

ވަޒީރު ސައީދު ދާދި ފަހުން ވަނީ ޗައިނާއަށްވެސް ވަޑައިގެންފައެވެ. ސައީދު ޗައިނާއަށްް ވަޑައިގަތީ ވޯލްޑް އިކޮނޮމިކް ފޯރަމްގައި ބައިވެރިވެޑައިގަތުމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް