
ދައުލަތުގެ މީޑިއާއިން ގެނެސްދިން ޕްރޮގްރާމެއްގައި މަތީން ވިދާޅުވީ ކުރީގައިވެސް އޮތްގޮތަށް މިހާރުވެސް މާލޭގައި ފެން ރައްކާކުރެވެނީ އެއް ދުވަހަށް ކަަމަށެވެ. ފެން ރައްކާކުރެވޭ މިންވަރު އެއަށްވުރެ ވެސް ކުޑަ ކަަމަށާއި އެކަން ހައްލު ނުކޮށް އޮތީ ކީއްވެކަމާ މެދު ސުވާލު އުފެދޭކަަމަށް މަތީން ވިދާޅުވި އެވެ.
އެކަން ހައްލުނުކޮށް ބާއްވާކަށް ނުވާނެ ކަަމަށާއި ރައީސް މުއިއްޒުގެ ޒައާމަތުގައި، އެކަން ރަނގަޅުކޮށް ފެން އުފެއްދުމުގެ ގާބިލްކަން ކުރުމުއްދަތެއްގެ ތެރޭގައި އިތުރުކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ފެން ރައްކާކުރުމުގެ ގާބިލްކަންވެސް އިތުރުކޮށް ފެން ފޯރުކޮށްދިނުމުގައި ބްރިޖް ކަނެކްޝަންގެ މަސައްކަތް ނިމުމުން ލުއި ފަސޭހަ ވެގެންދާނެކަމަށް މަތީން ވިދާޅުވި އެވެ.
މާލޭގައި މިހާރު ބޭނުން ކުރާ ސިސްޓަމަކީ ވަރަށް ދުވަސްވީ ސިސްޓަމެއް ކަމަށާއި 28 އަހަރުވީ އެ ސިސްޓް ގެންގުޅެނީ އެކި ގޮތްގޮތުން މަރާމާތުކޮށްގެން ކަމަށްވެސް މަތީން ފާހަގަކުރެއްވި އެވެ.
މަތީން އިތުރަށް ވިދާޅުވީ، ކުރިމަތިވެދާނެ ކުއްލި ހާލަތަކުން އަރައިގަތުމަށް ހުޅުމާލެއިން މާލެއަށް ފެން ގެނެވޭނެ ގޮތެއް އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، ހުޅުމާލެއާއި މާލޭގައި އަޅާ ވިއުގައިގެ މަސައްކަތް ނިމުމާއެކު ގަޑިއަކު 800 ޓަނުގެ ފެން މާލެއާއި ހުޅުމާލެއާއި ދެމެދު ދައުރު ކުރެވޭނެ ކަމަށެވެ.
އެގޮތުން ފެން އުފައްދަނީ ބިމުގެ އަޑިން ތޮރުފާގެން، ބޮހޯލްއެއް މެދުވެރިކޮށްކަމަށާއި އެފެނުގައިވެސް އެހާ ފުނުން އަންނައިރުގައި އެއާ އެއްކޮށް އަންނަނީ ކޯއްޗެއްކަމެއް ކަނޑައެޅިގެން އެނގޭކަށް ނުހުންނަކަމަށް މަތީން ވިދާޅުވި އެވެ. އަދި ފިލްޓާ ނުކުރެވިއްޖެކަމުގައި ވަނީނަމަ ސިސްޓަމް ތެރެއިން ދާގޮތަށް ސިސްޓަމް ބައްދާލާ، ޝަޓްޑައުންކޮށް ވަރަށް ބައިވަރު ކަންކުރަން ޖެހޭކަމަށް މަތީން ވިދާޅުވި އެވެ.