ads
މޯލްޑިވިއަންގެ ފްލައިޓެއް
މޯލްޑިވިއަންގެ ބުކިން ސިސްޓަމަށް ސައިބާ އެޓޭކްތަކެއް ދެނީ!
ގައުމީ އެއާލައިން، މޯލްޑިވިއަންގެ ބުކިން ސިސްޓަމަށް ސައިބާ އެޓޭކްތަކެއް އަމާޒުވަމުންދާ ކަމަށް އެ އެއާލައިނުން ބުނެފި އެވެ.

މޯލްޑިވިއަންގެ ރަސްމީ ޓްވިޓާ އެކައުންޓުން މިރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެ އޭއާލައިންގެ ބުކިން ސިސްޓަމަށް ސައިބާ އެޓޭކްތަކެއް ދޭ ކަމުގެ މައުލޫމާތު ސިސްޓަމް އެޑްމިނިސްޓްރޭޓާއިން ދީފައިވާ ކަމަށެވެ. މޯލްޑިވިއަން އިން ވަނީ މި ފަދަ ދަތި އުނދަގޫ ދަނޑިވަޅެއްގައި މިކަހަލަ ދަށު ދަރަޖައިގެ ކަންތައްތައް ކުރަމުންދިއުމަކީ އެ ކުންފުނިން ހިތާމަކުރާ ކަމެއް ކަމަށް ބުނެ މި އަމަލު ކުށްވެރިކޮށްފައެވެ. 

ކޮވިޑް19 އާ ގުޅިގެން ރާއްޖެ ނާދެވި ބޭރުގައުމުތަކުގައި ތާށިވެފައި ތިބި މީހުން ރާއްޖެ ގެނައުމަށް ބާއްވާ ފްލައިޓުތަކުގެ ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވަނީ އޮންލައިން ބުކިން ސިސްޓަމް މެދުވެރިކޮށެވެ. ނަމަވެސް ސިސްޓަމަށް މައްސަލަ ދިމާވުމާއި ގުޅިގެން ގިނަ ބައެއްގެ ޝަކުވާ ލިބެނުން ދިއުމާއިއެކު މޯލްޑިވިއަން އިން ވަނީ ފޯނު މެދުވެރިކޮށް ވެސް ޓިކެޓް ނެގޭނެ އިންތިޒާމު ހަމަޖައްސާފައެވެ. މޯލްޑިވިއަން އިން މައުލޫމާތު ދޭ ގޮތުގައި މި ހިދުމަތް ލިބޭނީ 3335544 މި ނަމްބަރުންނެވެ.

ގައުމުން ބޭރުގައި ތިބި ދިވެހިން ގެނައުމަށް މޯލްޑިވިއަންގެ ގިނަ ދަތުރުތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މޯލްޑިވިއަން އިން މިހާތަނަށް ލަންކާ އަދި އިންޑާއިގައި ރާއްޖެ ނާދެވި ތިބި ގިނަ އަދަދެއްގެ ދިވެހިން ރާއްޖެ ގެނެސްފައިވާއިރު އެ އެއާލައިނުން މިހާރު ވަނީ މެލޭޝިއާގައި ރާއްޖެ ނާދެވި ތާށިވެފައި ތިބި ދިވެހިން މިމަހުގެ 8 ވަނަ ދުވަހު ބާއްވާ ހާއްސަ ފްލައިޓެއްގައި ރާއްޖެ ގެންނަން ތައްޔާރުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް