ads
އަހަރީ އާއްމު ޖަލްސާގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް
އެރިޓްރިއާގައި ހިފެހެއްޓި ބާޖު ގެނެވޭނެ ދުވަހެއް ނޭނގޭ : ޝިމާދު
އެފްރިކާގެ ގައުމެއް ކަމަށްވާ އެރިޓްރިއާގައި ހިފެހެއްޓި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ދެ ބާޖު ރާއްޖެއަށް ގެނައުމަށް އަލި މަގެއް ނުފެންނަކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެއްޖެއެވެ.
Advertisement

ޝިމާދު މިހެން ވިދާޅުވީ ރޭ ބޭއްވި އެސްޓިއޯގެ އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ހިއްސާދާރުން އެދުނީ އެރިޓްރިއާގައި ހިފަހައްޓާފައި އޮތް އެފްއެސްއެމްގެ ދެ ބާޖުގެ ގެނައުމުގައި ހިނގާ މުއާމަލާތުގެ އެންމެ ފަހުގެ މައުލޫމާތު ސާފުކޮށްދިނުމަށެވެ. 

މި ސުވާލަށް ޖަވާބު ދެއްވަމުން ޝިމާދު ވިދާޅުވީ އެ ދެ ބާޖު ރާއްޖެ ގެނަައުމުގައި އަލިމަގެއް އަދި ނުފެންނަކަމަށާއި އަދި އެކަމުގައި އަލި މަގެއް ފެންނާނެކަމުގެ ޔަގީންކަމެއްވެސް ނެތްކަމަށެވެ. ސަބަބެއްކަމަށް ވިދާޅުވީ އެރިޓްރިއާއާ މުއާމަލާތު ކުރަން ވަރަށް އުނދަގޫވުމުންކަމަށެވެ.  

"އެރިޓްރިއާގައި ހިފަހައްޓާފައިވާ ބާޖުތަކަށް އަޅުގަނޑަށް މާ އުއްމީދީ ޖަވާބެއް ދެވޭ ގޮތަކަށް ނޫން އަދިވެސް ކަންތައްތައް އޮތީކީ." ހިއްސާދާރުންގެ ސުވާލަށް ޖަވާބު ދެއްވަމުން ޝިމާދު ވިދާޅުވިއެވެ.

your image އެރިޓްރިއާގައި ހިފަހައްޓާފައިވާ އެފްއެސްއެމްގެ ބޯޓު 'މާރެހި' - ފޮޓޯ:އެފްއެސްއެމް

މިސްރުގެ ކުންފުންޏަކާއި ހަވާލުކޮށްގެން އެފްއެސްއެމުން ބަންދެން 4 ބާޖުގެ ތެރެއިން ދެ ބާޖު އެރިޓްރިއާގައި ހިފަހައްޓާފައިވަނީ ހުއްދަ ނުހޯދާ އެ ގައުމަށް އެތެރެވި ކަމަށް ބުނެއެވެ. މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 26 ވަނަ ދުވަހު އެ ދެ ބާޖު އެރިޓްރިއާގައި ބަނދަރުކޮށްފައިވަނީ މިސްރުން ފުރައިގެން ރާއްޖެއަށް ކުރި ދަތުރުގައި މޫސުން ގޯސްވެ ބޯޓެއްގެ ހުންގާނަށް މައްސަލައެއް ދިމާވުމުގެ ސަބަބުންނެވެ.

އިތުރަށްް ކިޔާލުމަށް:  އެފްއެސްއެމްގެ ދެ ބޯޓު ހިފެހެއްޓި މައްސަލަ އެރިޓްރިއާގެ ކޯޓަށް

އެފްއެސްއެމްގެ މި ދެ ބާޖު ހިފެހެއްޓިއިރު، ކޮންމެ ބޯޓެއްގައިވެސް ދެ ދިވެހިންނާއި މިސްރުގެ ހަތަރު ފަޅުވެރިން ތިއްބެވެ. އެމީހުންވެސް އެތައް ދުވަހަކު ހިފަހައްޓާފައި ބޭތިއްބުމަށްފަހު ފަހުން ވަނީ ދޫކޮށްލާފައެވެ. 

މި ދެ ބާޖު ގެނައުމަށް މިދިޔަ ސަރުކާރުންވެސް ވަނީ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ސިޓީފުޅެއް އެ ގައުމުގެ ސަރުކާރަށްވެސް ފޮނުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް