ads
އަންހެން ދަރިވަރުންތަކެއް--
ޕާކިސްތާނު ދަރިވަރުންގެ ހައްގު ހޯދުމުގެ ކުރީ ސަފުގައި އަންހެން ކުދިން
ޕާކިސްތާންގައި ކިޔަވާ ކުދިންނަކީ އެއް ޒަމާނެއްގައި ސިޔާސީ ހަރަކާތުގައި ވަރަށް ކުރީގައި އުޅުނު ބައެކެވެ. ގައުމުގެ ޒުވާނުންނާއި މުސްތަގްބަލްގައި ސިޔާސީ އެޖެންޑާ ކަނޑައެޅުމުގައި މިމީހުނަށްނަށްވެސް ބަސްކިއުމެއް އޮތެވެ. ނަމަވެސް އިސްލާމީ ކިޔަވާ ކުދިންގެ ހަރަކާތް ހައްދުން ނެއްޓުމުގެ ސަބަބުން ޕާކިސްތާން ސަރުކާރުން މިކަން މަނާ ކުރީއެވެ. އެއީ އިސްލާމީ ފިކުރުގެ ވެރިކަމެއް ހިންގެވި ޖެނެރަލް ލިޔާއުއްހައްގުގެ ވެރިކަމުގައެވެ.
ޕާކިސްތާންގައި ކިޔަވާ ކުދިންނަކީ އެއް ޒަމާނެއްގައި ސިޔާސީ ހަރަކާތުގައި ވަރަށް ކުރީގައި އުޅުނު ބައެކެވެ. ގައުމުގެ ޒުވާނުންނާއި މުސްތަގްބަލްގައި ސިޔާސީ އެޖެންޑާ ކަނޑައެޅުމުގައި މިމީހުނަށްނަށްވެސް ބަސްކިއުމެއް އޮތެވެ. ނަމަވެސް އިސްލާމީ ކިޔަވާ ކުދިންގެ ހަރަކާތް ހައްދުން ނެއްޓުމުގެ ސަބަބުން ޕާކިސްތާން ސަރުކާރުން މިކަން މަނާ ކުރީއެވެ. އެއީ އިސްލާމީ ފިކުރުގެ ވެރިކަމެއް ހިންގެވި ޖެނެރަލް ލިޔާއުއްހައްގުގެ ވެރިކަމުގައެވެ.

މިހާރު އަނެއްކާވެސް ޕާކިސްތާންގެ ސިޔާސީ މަސްރަހުގައި ބަނަކަމެއް ވެރިވެގެން ދިއުމާއި ގައުމީ ހަރަކާތް ހުއްޓުމަކަށް އަންނަތަން ފެނުމާއެކު ކިޔަވާ ކުދިން މިފަހަރުވެސް މި އޮތީ ހަރަކާތަށް ނިކުންނަން ތައްޔާރު ވެފައެވެ. ނަމަވެސް އެމީހުންނަށް ހުރި ހުރަސްތައް އިންތިހާއަށް ގިނައެވެ. ސިޔާސީ މައިދާނަށް އައުމުގެ ކުރިން ކިޔަވާ ކުދިންނަށް ސިޔާސީ ހައްގުތައް ލިބެން ޖެހެއެވެ. މިކަމަށް ކުރިމަތި ލައިގެން ނިކުތީ އަންހެން ދަރިވަރުންނެވެ.

ދާދި ފަހުންވެސް ޕާކިސްތާންގެ ކިޔަވާ ކުދިންގެ ސްޓޫޑެންޓް ކޮމިޓީން ވަނީ 50 ސިޓީއެއްގައި ހިނގާލުން ބާއްވާފައެވެ. އަދި އެމީހުން ވަނީ އެމީހުންގެ އެދުންތައް ސަރުކާރަށް ހުށަހަޅާފައެވެ. ކިޔަވާ ކުދިން ހުށަހަޅާފައިވަނީ 35 އަހަރު ވަންދެން ސަރުކާރުން އެމީހުންގެ ހަރަކާތްތައް މަނާކޮށްފައި އޮތް އޮތުން މިހާރުން މިހާރަށް ނިމުމަކަށް ގެނައުމަށެވެ.

1984 ގައި ޖެނެރަލް ލިޔާއުލް ހައްގު ކިޔަވާކުދިންގެ ހަރަކާތް ނިމުމަކަށް ގެންނެވީ، މިނިވަންކަމަށް ލޯބި ކުރި، އިލްމާނީ ހިޔާލުގެ ކިޔަވާ ކުދިންނާއި އިސްލާމީ ހިޔާލުގެ ކިޔަވާކުދިންގެ ދެމެދު ކުރިމަތިލުންތަކަކަށް ދިއުމާ ގުޅިގެންނެވެ.

މަސްރަހު މިއަދުވެސް ހަމަ ދާދި އެއް ގޮތެވެ. އިމްރާން ހާންގެ ސަރުކާރުގެ ނެގިމަޑުކަމާ ދެކޮޅަށް މިފަހަރު ނިކުރީ މައުލާނާ ފަލުލުއްރަޙްމާންގެ ޒައާމަތުގައި އިސްލާމީ ހިޔާލުގެ މީހުންގެ ތެރޭން ބައެކެވެ.

މައުލާނާ ވަނީ ހާންގެ ސަރުކާރު ވައްޓާލާފަ ނޫނީ ގެއަށް ނުވަންނާނެކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް އެސާހިތަކުން މައުލާނާގެ ހަރަކާތްތައް ނެގި މަޑުވެ ފަނޑުވެގެން ހިނގައްޖެއެވެ. އަދި މައުލާނާ ދެވަނަ ފަހަރަށް އައު ހަރަކާތަކާއެކު ހާންގެ ސަރުކާރާ ދެކޮޅަށް ފައްޓަވާނެކަމަށް ވިދާޅުވި ސިޔާސީ ހަރަކާތް އޭގެ ހިޔާލުގައި ވެސް އޮތީ ކަފުންކުރެވިފައެވެ.

ސިޔާސީ ލީޑާޝިޕްގެ މި އުމަގު ހާލަތާ ދެކޮޅަށް ކިޔާކުދިން ބުނެފައިވަނީ އެމީހުން ތައްޔާރަށް ތިބި ކަމަށެވެ. ސިޔާސީ ފަރާތްތަކާއި ގާނޫނީ ވަކީލުންނާއި އިލްމީ ފަންތީގެ މީހުން ވަނީ ކިޔަވާ ކުދިންގެ ހަރަކާތަށް ތާއީދުކޮށްފައެވެ. މި މަސައްކަތުގައި ވިދާލި ދަރިވަރަކީ އަންހެން ދަރި ވަރެކެވެ.

އުރޫޖް އައުރަނގަޒޭބްގެ ނަން ވަނީ ޕާކިސްތާންގެ ކިޔަވާ ކުދިންގެ ހަރަކާތުގެ ލީޑަރެއްގެ ގޮތުގައި ވިދާލާފައެވެ. އޭނާއާ ދެކޮޅަށް ވާހަކަ ދައްކާ މީހުން އޭނާ ސިފަ ކޮށްފައިވަނީ ލެދާ ޖެކެޓް ގާލްގެ ގޮތުގައެވެ. އެއީ އުރޫޖު މޮޅު އަޒަލްއެއް އިއްވަނިކޮށް އާންމު ވެގެން ދިޔަ ވީޑިއޯއެއްގައި އޭނާ ފެނުނު ގޮތުން މީހުން ހައިރާން ވެގެން ދިއުމާ ގުޅިގެންނެވެ.

ޕަންޖާބް ޔުނިވާސިޓީގެ ދަރިވަރު އުރޫޖު އިއްވި ޅެމަކީވެސް ޕާކިސްތާންގެ ބައެއް ސިޔާސީ ފަރާތްތަކަށް އަޑުއަހަން ފަސޭހަ ޅެމަކަށް ނުވިއެވެ. އެ ޅެމަކީ އިންޑިއާގެ މިނިވަން ހަނގުރާމައިގައި ހަރަކާތްތެރިވި އުރުދޫ ބަހުން ބިހާރުގެ ޅެން ވެރިޔާ، ބިސްމިލް އާޒިމްއާބާދީ ހެދި ޅެމެކެވެ.

ހިންދީ ފިލްމް ސަރްފަރޯޝްއާއި ލެޖެންޑް އޮފް ބަގަތު ސިންގްއާއި ރަންގް ދެ ބަސަންތީގައި ބޭނުންކޮށްފައިވާ ބިސްމިލްގެ މި ޅެމަކީ، "އަހަރަމެންގެ ހިތުގައި ހިތްވަރު ލިބިގަތުމުގެ އުންމީދު މިހާރު އާލާވެއްޖެ" މި ނަމުގައި އޮންނަ ޅެމެކެވެ.

އުރޫޖު ގޮވާލާފައިވަނީ، ޔުނިވާސިޓީތަކުގެ ކަންކަމުގައި ސަލާމަތީ ބާރުތަކުން ނުބެހުމާއި، ދީނީ ހަރުކަށިކަން ޔުނިވާސިޓީތަކުގައި ނުހިންގުމާއި، ޔުނިވާސިޓީގެ އެތެރޭގައި ހިންގާ ސިޔާސީ ހަރަކާތްތަކުގައި ދަރިވަރުން ނުބެހޭނެ ކަމަށް ބަޔާންތައް ލިޔުއްވައި ސޮއިކުރަން މަޖުބޫރު ކުރުވުން ސަރުކާރުން ހުއްޓާ ލުމަށެވެ.

ލެދާ ޖެކެޓް ގާލް، އުރޫޖްއަށް މިއަދު އިދިކޮޅު ފަރާތްތަކުން މަލާމާތް ރައްދު ކުރިނަމަވެސް އެފަދަ މަލާމާތްތައް މީގެ ކުރިން ދޯޕައްޓާ އަޅައިގެން އެފަދަ ހަރަކާތްތަކަށް ނިކުތް އެހެން އަންހެންކުއްޖަކަށްވެސް ރައްދުކޮށްފައި ވެއެވެ.

ބޭނަޒީރު ބުއްޓޫއަށް ޅެންވެރިޔާ ހަބީބު ޖާލިބް ހެއްދެވި ޅެމެއްގައި ވަނީ، ދޯޕައްޓާއެޅި މިއަންހެން ކުއްޖާދެކެ ސިފައިން ބިރުގަނެ ފަސްޖެހޭ ވާހަކައެވެ. އެއީ، ފަހުން ޕާކިސްތާންގައި ބޮޑު ވަޒީރުކަން ކުރެއްވި ޝަހީދާ، ބޭނަޒިރު ބުއްޓޫއެވެ.

އުރޫޖްގެ ވާހަކަތަކުން ހިތްވަރު ލިބިގެން ރައްޓެހިންނާއި ސަޕޯޓު ކުރާ ދަރިވަރުންނާއެކު ޕާކިސްތާންގެ ކަންކޮޅުތަކުގައި ހަދާފައިވާ ޕްރޮގްރެސިވް ސްޓޫޑެންޓްސް ކޮލެކްޓިވް އިން ވަނީ ކިޔަވާ ކުދިން އެދޭ ކަންތައްތައް ހުށަހަޅާފައެވެ. ބޮޑު ވަޒީރު އިމްރާން ހާންވެސް ވަނީ ކިޔަވާ ކުދިންގެ ހަރަކާތްތައް ހަރުދަނާ ކުރައްވާނެ ކަމަށް ވިދާޅުވެ ޓުވީޓް ކުރައްވާފައެވެ. މިއީ ކިޔަވާ ކުދިންނަށް ލިބިގެން ދިޔަ ހިތްވަރެކެވެ.

އަންހެން ކުދިންނަކީ ޕާކިސްތާންގެ ޔުނިވާސިޓީތަކުގައި ފިރިހެނުން ފަސްޖެހޭ ބަޔެކެވެ. އެހެންވެ، އަންހެން ކުދިންގެ ހަރަކާތްތަކަށް ހުރަސް އެޅުމަށް ސަލާމަތީ ފަރާތްތަކާއި ސަރުކާރަށް ސަޕޯޓް ކުރާ ފަރާތްތަކުން ގިނަ އުކުޅުތައް ބޭނުން ކުރެއެވެ.

އޭގެ ތެރޭގައި ކެމްޕަސްގައި ބަހައްޓާފައި ހުންނަ ސެކިއުރިޓީ ކެމެރާތަކުން އަންހެން ދަރިވަރުން އުޅޭ މިނިވަންކަން ދައްކައި ދޭ ވީޑިއޯތައް ނަގައިގެން އެއިން ދަރިވަރުން ބްލެކްމެއިލް ކުރުމާއި އަދި މިވީޑިއޯތައް ބޭނުންކޮށްގެން އަންހެން ކުދިން ލައްވައި ސިޔާސީ ހަރަކާތުގައި ބައިވެރި ނުވާނެ ކަމަށް އެއްބަސްކުރުވާ ބަޔާންތަކުގައި ސޮއިކުރުވުމަށް މަޖުބޫރު ކުރުވުންފަދަ ކަންތައްތައް ދަނީ ހިންގަމުންނެނެވެ.

އުރޫޖް ވަނީ އަންހެން ކުދިންނަށް ހައްގުތައް ހޯދައި ދިނުމަށްޓަކައި މިފަދަ ބްލެކްމއިލް ކުރުން ތަކާ ދެކޮޅަށްވެސް ވާހަކަ ދައްކާފައެވެ. މިމައްސަލަ ގައުމީ ފެންވަރުގައި ބޮޑުވެގެން ދިއުމުން ދުވަހު ނޫސް ޑޯން އިންވެސް ވަނީ މިކަން އާންމުންގެ ސަމާލުކަމަށް ގެނަސްފައެވެ.

ޑޯން އިން ރިޕޯޓްކޮށްފައިވަނީ ޖިންސީ ބޭނުންތަކަށް އަންހެން ކުދިން މަޖުބޫރުކުރުވުމަށްވެސް މި ވީޑިއޯތައް ބޭނުންކޮށްފައިވާ ކަމަށެވެ. ޕާކިސްތާންގެ ސިފައިން މައިދާނަށް ފުންމާ ނުލައިފިނަމަ އަންހެން ދަރިވަރުން ސިޔާސީ މައިދާނުގައި ތަފާތެއް ދަކާލަފާނެ ބާވައެވެ؟
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް