މިފަހުން ގއ.ނިލަންދޫ އަދި ގއ. މާމެންދޫ އެފްއެސްއެމުން ވިއްކި ތެލުގައި ގިނަ އަދަދަަކަށް ފެން ހުރިކަަމަށް ބުނެ މީސްމީޑިއާގައި ވާހަަކަ ފެތުރުމުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރި އެވެ.
މިކަމާއި ގުޅިގެން އެފްއެސްއެމްއިން މިއަދު ނެރުނު ބަޔާނުގައި ބުނީ އެ ކުންފުނިން ގއ. މާމެންދޫ އަދި ގއ. ނިލަންދޫ އަށް ވިއްކި ތެލުގައި ގިނަ އަދަދަކަށް ފެން ހުރިކަަމަށް ލިޔެ މީސްމީޑިއާގައި ދައުރުވަމުންދާ ހަބަރަކީ ތެދު ހަބަރެއް ނޫންކަަމަށެވެ.
އެފްއެސްއެމް އިން ބުނީ އެ ކުންފުނިން ވިއްކާ ތެލަކީ ކޮލިޓީ ތެޔޮަކަން ޔަގީންކޮށް ދިނުމަށް ފެނަށް ޓެސްޓް ކުރެވޭނެ އިންތިޒާމް ހުރިހާ ބާޖެއްގައި ހަަމަޖެހިފައި ހުންނާނެކަމުގެ ޔަގީންކަން، އެކުންފުނީގެ ތެޔޮ ގަނެ ބޭނުން ކުރާ ހުރިހާ ފަރާތްތަަކަށް އޮންނާނެކަމަށެވެ.
ތެޔޮ ގަނެގެން ވިއްކާ ފަރާތްތަކުން ވެސް ގަވާއިދުތަކާއި އެއްގޮތަށް ތެޔޮ ރައްކާ ކުރުމުގެ އިންތިޒާމު ހަމަޖެއްސުމަށާ ކަމާ ބެހޭ ފަރާތްތަކުގެ ލަފައާއި އެއްގޮތަށް އަމަލު ކުރުމަށް އިލްތިމާސްކުރާ ކަމަށް ވެސް އެކުންފުނިން ބުންޏެވެ.