ads
ކުޅުދުއްފުށި ކައުންސިލް ގޮނޑި ކާމިޔާބުކުރި ޕީއެންސީގެ ކެންޑިޑޭޓް އިބްރާހީމް އަހްމަދު
ކުޅުދުއްފުށި ކައުންސިލް ގޮނޑިވެސް ޕީއެންސީއަށްް
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ހުސްވެފައިވާ ކުޅުދުއްފުށި އުތުރު ދާއިރާ ގޮނޑިވެސް ވެރިކަންކުރާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ،

މި ގޮނޑި ކާމިޔާބު ޕީއެންސީގެ ކެންޑިޑޭޓް އިބްރާހީމް އަހްމަދުއެވެ. އޭނާ އާ ވާދަކުރީ  އެމްޑީޕީގެ ކެންޑިޑޭޓް ޝަމްނޫޒް މުހައްމަދު ނައީމްއެވެ.

ޕީއެންސީ ކެންޑިޑޭޓް އިބްރާހީމް އަހްމަދު މި ގޮނޑި ކާމިޔާބުކުރީ 286 ވޯޓްގެ ބޮޑު ތަފާތަކުންނެވެ. 

ކުޅުދުއްފުށި އުތުރު ދާއިރާގެ ގޮނޑި ހުސްވީ ކުރިން އެދާއިރާގެ ކައުންސިލް މެންބަރުކަމުގައި ހުންނެވި މުހައްމަދު ދާވޫދު މަޖިލިސް އިންތިހާބުގައި ވާދަ ކުރައްވާ ގޮނޑި ކާމިޔާބު ކުރެއްވުމުންނެވެ.

 ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މި ގޮނޑި ލިބުމުން މިއަދު ބޭއްވި ބައި- އިލެކްޝަންތަކުގައި ސިޓީތަކުން ވާދަކުރި ހުރިހާ ގޮނޑިއެއް ވަނީ ވެރިކަންކުރާ ޕީއެންސީ ކާމިޔާބުކޮށްފައެވެ. 

މާލޭ ސިޓީގެ 3 ގޮނޑިވެސް ވެރިކަންކުރާ ޕީއެންސީއަށް

ރިޔާސީ އިންތިހާބަށްފަހު އިދިކޮޅު މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އިންތިހާބުގައި ފިޔަވާ ހުރިހާ އިންތިހާބެއްގައި އެމްޑީޕީއަށް ވަނީ ނާކާމިޔާބީ ކުރިމަތިލާންޖެހިފައެވެ. 

މާލޭ ސިޓީ ކައުންސިލާއި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ކުޅުދުއްފުށި އުތުރު ދާއިރާގެ އިތުރުން މިއަދު ބޭއްވި ފ.ބިލެތްދޫ ކައުންސިލްގެ ރައީސްގެ ގޮނޑިވެސް ކާމިޔާބުކުރީ ވެރިކަން ކުރާ ޕީއެންސީންނެވެ. ބިލެެތްދޫ ކައުންސިލްގެ ރައީސްކަމަށްް ހޮވުނީ އަރީޝް އިސްމާއީލްއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް