ads
ޑެޕިއުޓީ މިނިސްޓަރު މުނައްވަރު
ޑެޕިއުޓީ މިނިސްޓަރު ދައުލަތާ ދެކޮޅަށް ކޯޓަށް ދިޔަ މައްސަލަ ބަލަން ފަށައިފި
އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް މުނައްވަރު ދައުލަތާ ދެކޮޅަށް ހައިކޯޓަށް ދިޔަ މައްސަލަ ރައީސް އޮފީހުން ބަލަން ފަށައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް މުނައްވަރު ދައުލަތާ ދެކޮޅަށް ހައިކޯޓަށް ދިޔަ މައްސަލަ ފެންމަތިވީ، މިދިޔަ ހަފްތާގައި ހައިކޯޓުގައި އެކަން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ފާހަގަ ކުރުމުންނެވެ. ހައިކޯޓަށް ހުށަހަޅާފައިވާ ޓެކްސްއާ ބެހޭ މައްސަލައެއްގެ މުނައްވަރު ތަމްސީލް ކުރެއްވީ، ޓާމަކްސް ކޮންސްޓްރަކްޝަން ކިޔާ އަމިއްލަ ކުންފުންޏެވެ،

މައުލޫމާތު ލިބިފައިވާ ގޮތުގައި ދައުލަތާ ދެކޮޅަށް މުނައްވަރު ކޯޓުގައި ވަކާލާތު ކުރައްވާ މައްސަލައާ ގުޅިގެން އެކަން ރައީސް އޮފީހުން އަންނަނީ ބަލަމުންނެވެ. ބައެއް މީޑިއާތަކަށް ރައީސް އޮފީހުން އެކަން ކަށަވަރުކޮށްދީފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. 

ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ވެސް ހިމެނޭ ގޮތުން، ދައުލަތުގެ އެއްވެސް މަގާމެއްގައި ހުންނަވާ ބޭފުޅަކު، ދައުލަތުގެ މުއައްސަސާއަކާ ދެކޮޅަށް ޝަރީއަތުގައި ވަކާލާތު ކުރުމަކީ މަނާ ކަމެއް ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.

މީރާއާ ދެކޮޅަށް ހައި ކޯޓުގައި ކުރިއަށްދާ މައްސަލާގައި، މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އަޑުއެހުމުގައި މީރާއިން ހުށަހެޅި އެ އިއުތިރާޒާ ގުޅިގެން ފަނޑިޔާރުންގެ ބެންޗުން އެ ދުވަހު އިއުލާންކުރި ގޮތުގައި، އެ މައްސަލަ ދެން ކުރިއަށްގެންދާނީ ފަނޑިޔާރުންގެ މަޝްވަރާއަށް ފަހު އެ އިއުތިރާޒާ މެދު ގޮތެއް ނިންމުމަށް ފަހު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް