ads
ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން
އޭވިއޭޝަން ދާއިރާގެ ތަރައްގީއާއެކު އިގްތިސޯދު ވަރަށް ބޮޑަށް ކުރިއަރާނެ: އަމީން
އޭވިއޭޝަން ދާއިރާގެ ތަރައްގީއާއެކު އިގްތިސޯދު ވަރަށް ބޮޑަށް ކުރިއަރާނެ ކަަމަށް ޓްރާސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

އަމީން މިހެން ވިދާޅުވީ މޯލްޑިވިއަން އަށް އާ ބޯޓެއް ގެނައުމަށް، މޯލްޑިވިއަން އާ ނެދާލޭންޑްސްގެ ކުންފުންޏެއްކަމަށްވާ ޓްރޫ ނޫޑްސް އާއެކު މިއަދު ކޮށްފައިވާ އެއްބަސްވުމައި ގުޅިގެންނެވެ.

މޯލްޑިވިއަން އަށް ގެނައުމަށް ހަމަޖެހިފައިވާ އާ ބޯޓާކީ ވައިޑް ބޮޑީ އެއާކްރާފްޓެއް ކަަމަށް ވާ އެއާ ބަސް 330 އެކެވެ.

އެކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަމީން ވިދާޅުވީ އޭވިއޭޝަންގެ ދާއިރާ ބަދަލުކުރުމަށް ރައީސް ޑރ މުއިއްޒު ދެކޭ ތަސައްވަރަކީ ޓޫރިޒަމްގެ ތަރައްގީއާއި ރާއްޖޭގެ އިގްތިސޯދަށް ވަރަށް ބޮޑަށް ކުރިއރުން ލިބިގެންދާނެ ކަމެއްކަމަށެވެ.

އޭގެ އިތުރުން މިނސްޓަރު ވިދާޅުވީ ވައިޑް ބޮޑީ އެއާބަސްގެ 330 އޮޕަރޭޝަންތައް ގާއިމްކުރުމަކީ އޭވިއޭޝަންގެ ދާއިރާ ކުރިއެރުވުމަށް އިހްތިޔާރު ކުރި ރަނގަޅު މަގެއްކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް އިޔާޒް ވިދާޅުވީ ވައިޑް-ބޮޑީ މަތިންދާބޯޓު ޤައުމީ އެއަރލައިންނަށް ގެނައުމަށް ވަޒީރުގެ މަޖިލީހުން ނިންމެވީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ކަމަށެވެ.

މި ނިންމެވުމާއެކު މިފަދަ މަތިންދާބޯޓުގެ ދަތުރުތައް ފެށުމުގެ މަސައްކަތްތައް ފެށިކަމަށާއި، މަތިންދާބޯޓު ގެނެސްދޭނެ ކުންފުންޏެއް ހޯދުމަށް ބީލަމަށް ހުޅުވާލި ކަމަށެވެ. އިޔާޒް ވިދާޅުވީ، މަތިންދާބޯޓު ގެނައުމަށް ދައުލަތުގެ ބަޖެޓުން މާލީ އެހީތެރިކަން ކުންފުންޏަށް ދެއްވާފައިވާ ކަމަށެވެ.

ގައުމީ އެއާލައިން އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސްއެލް) ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏެއްގެ ގޮތުގައި އުފެދިފައިވަނީ 2000 ވަނަ އަހަރު އެވެ. ދެ ބޯޓާއެކު ފެށި މި ކުންފުނީގައި މިހާރު ޖުމްލަ 25 ބޯޓު އެބައޮތެވެ. 

މީގެތެރޭގައި ދެ އޭޓީއާރާއި ޑޭޝް އަށެއް މަރުކާގެ ބޯޓު ފަހަރުވެސް ހިމެނެ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް