ads
އެޗްއާރުސީއެމްގެ ލޯގޯ
އަޒްމީލް ހާދިސާގައި ފުޓޭޖްތައް ދައްކަން ވަނީ އެދިފައި: އެޗްއާރުސީއެމް
ފުލުހުންގެ ބެލުމުގެ ދަށުން ކޯޓަށް ގެންދަން އުޅުނިކޮށް އަނިޔާވިކަމަށް ބުނާ މުހައްމަދު އަޒްމީލް ޖަލީލް މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށާއި ވީޑިއޯ ފުޓޭޖްތައް ދެއްކުމަށް އެދިފައިވާނޭކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފިއެވެ.
Advertisement

އެ އިދާރާއިން ބުނީ ޖުލައި 15 ވަނަ ދުވަހު ޑްރަގް ކޯޓުގެ އަމުރެއްގެ ދަށުން މުހައްމަދު އަޒްމީލް ޖަލީލް ހައްޔަރުކުރުމަށް ފުލުހުން އެ ގެއަށްގޮސް ތިއްބާ، އެ ގޭގެ ކުޑަދޮރަކުން ނިކުމެ ފިލަން އުޅުމުގެ ތެރޭގައި އޭނާ މަގުމައްޗަށް ވެއްޓި އަނިޔާވެ، ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށް ބުނާ ހާދިސާ އެންޓި-ޓޯޗަރ ޤާނޫން 2013 ގެ ދަށުން ތަޙުޤީޤު ކުރަމުންދާކަމަށެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އާއިލާގެ ފަރާތުން މައުލޫމާތު ހޯދައި، ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން މަޢުލޫމާތު ހޯދުމަށް އެދިފައިވާނެކަމަށް އެޗްއާރުސީއެމުން ބުނެއެވެ. 

" ހާދިސާ ހިނގިތަނަށް ޒިޔާރަތްކޮށް ސީ.ސީ.ޓީ.ވީ ފުޓޭޖް ހޯދަމަށް މަސައްކަތްކޮށް، ކަސްޓަޑީގައި ހަރުކޮށްފައިވާ ކެމެރާތަކުގެ ފުޓޭޖް ބެލުމުގެ އިތުރުން، މި ހާދިސާގައި ހަރަކާތްތެރިވި ފުލުހުން ބޮޑީވޯން ކެމެރާ ބޭނުންކޮށްފައިވާނަމަ އޭގެ ފުޓޭޖް ޙިއްސާކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުގައި އެދިފައިވާނެ." މި މައްސަލާގައި އެޗްއާރުސީއެމުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އެޗްއާރުސީއެމުން ބުނީ މިހާތަނަށް ލިބިފައިވާ މަޢުލޫމާތައް ބަލާއިރު، މި ހާދިސާ ހިނގުމުން އާއިލާއިންވެސް އަޒްމީލް ޖަލީލް ހޮސްޕިޓަލަށް ގެންދިޔުމަށް އެދިފައިވަނިކޮށް، ހޮސްޕިޓަލަށް ނުގެންގޮސް ފުލުހުންގެ ބެލުމުގެ ދަަށަށް އެ ދުވަހުގެ މެންދުރު 02:45 ގައި މާލެ ކަސްޓަޑީއަށް ގެންދިޔަކަމަށެވެ. އަދި އެނާ ހޮސްޕިޓަލަށް ގެންދިޔުމަށް ވެހިކަލަށް އަރުވާފައިވަނީ 03:01 ގައި ކަމަށް ފާހަގަކުރެވިފައިވާކަމަށް އެޗްއާރުސީއެމުން ބުނެއެވެ. އަދި ހައްޔަރުކުރުމުގައި އަނިޔާއެއް އެއްވެސް މީހަކަށް ވެއްޖެނަމަ އެ ފަރާތެއް ހައްޔަރަށް ގެންދިޔުމުގެ ބަދަުގައި ފަރުވާއަށް ގެންދިޔުމަށް މީގެ ކުރިންވެސް ފުލުހުންނަށް އަންގާފައިވާނެކަމަށް އެޗްއާރުސީއެމްުން ބުނެއެވެ. 

"މުހައްމަދު އަޒްމީލް ޖަލީލް ހޮސްޕިޓަލަށް ނުގެންގޮސް ގިނަ ވަގުތުތަކެއްވެ ފަރުވާ ލިބުން ލަސްވުން އެއީ ކޮމިޝަނުން ކަންބޮޑުވާކަމެކެވެ. ހައްޔަރު ކުރުމުގެތެރޭގައި އެއްވެސް ފަރާތަކަށް އަނިޔާއެއްލިބި ސިއްހީފަރުވާ ބޭނުންވާ ޙާލަތުގައި، އެ ފަރާތެއް ސްޓޭޝަނަށް ގެންދިއުމުގެ ބަދަލުގައި ސިއްހީ ހިދުމަތްދޭ ތަނަކަށް ގެންދަން މީގެކުރިންވެސް ކޮމިޝަނުން ދިވެހި ފުލުހުންގެ ހިދުމަތަށް ލާފާދީފައިވާނެ." އެޗްއާރުސީއެމްގެ ބަޔާނުގައި ވެއެވެ.

 އިތުރަށް ކިޔާލުމަށް : ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހަކަށް ފަރުވާދެނީ

މި މައްސަލައިގެ ތަޙުޤީގު ވީހާވެސް އަވަހަކަށް ނިންމުމުގެ މަސައްކަތް ކޮމިޝަނުންދަނީ ކުރަމުންދާކަމަށާއި އަދި ތަހުޤީގު ނިމުމުން މައްސަލައިގައި ފާހަގަވާ ކަންކަން ގުޅުންހުރި އިދާރާތަކުގެ ސަމާލުކަމަށް ގެންނާނެކަމަށްވެސް އެޗްއާރުސީއެމުން ބުނެފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް