ކޮލޮމްބޯއިން ގަމަށް ހަފްތާއަކު ތިން ފްލައިޓް އޮންނަ ގޮތަށް ހަމަޖެހިފާ ވާ ކަމަށް އިނާ މޯލްޑިވްސްގެ ސީއީއޯ، މުހައްމަދު ފިރާގު، ފޭސްބުކް ޕޯސްޓެއްގައި ބުނެފައި ވެއެވެ.
މިޕޯސްޓުގައި އޮކްޓޫބަރު 31ވަނަ ދުވަހުން ފަށައިގެން ކޮންމެ ބުރާސްފަތި ދުވަހަކު އޮންނާންކަމަށް ބުނެފާވެ އެވެ. މިހާރުވެސް ކޮންމެ ހޮނިހިރު ދުވަހަކާ އަންގާރަ ދުވަހަކު ކޮލޮމްބޯއިން ގަމަށް ފްލައިޓް އޮވެއެވެ.
ފިރާގް "ސީއެންއެމް" އަށް ވިދާޅުވީ އެހެން އެއާލައިން ތަކާވެސް މަޝްވަރާ ކުރަމުންދާ ކަމަށެވެ. އޭނާ ބުނީ މިގޮތަށް މަޝްވަރާކޮށް މިކަން ހަމަޖެއްސުމުގެ މަގްސަދަކީ ދެކުނުގެ އަތޮޅުތަކުގެ ފަތުރުވެރިކަން ރަނގަޅު ކުރުން ކަމަށެވެ