ads
ސާކް ގައުމުތަކުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މަޝްވަރާ ކުރަނީ-- ފޮޓޯ: އެޗްޕީއޭ
ސާކް ޑިވެލޮޕްމަންޓް ފަންޑުން ފަސް މިލިއަން ޑޮލަރު މެމްބަރު ގައުމުތަކަށް ދެނީ
ސާކް ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް)ފަސް މިލިއަން ޑޮލަރު ސާކްގެ ގައުމުތަކަށް ދޭން ނިންމައިފިއެވެ.

އިއްޔެ ނެރުނު ބަޔާނެއްގައި އެސްޑީއެފް އިން ބުނެފައި ވަނީ ކޮވިޑް-19 އާ ގުޅިގެން ސާކް ގައުމުތަކުން ކުރާ މަސައްކަތްތަކަށް އެހީވުމަށް އެ ފަންޑުގެ އިޖުތިމާއީ ގޮޅީގެ ދަށުން ޖުމްލަ ފަސް މިލިއަން ޑޮލަރު ދޭން ކަނޑައަޅާފައިވާ ކަމަށެވެ.

މެމްބަރު ގައުމުތަކުގެ ތެރޭގައި ހިމެނޭ ދިވެހިރާއްޖެ، އަފްގާނިސްތާން، ބަންގްލަދޭޝް، ބޫޓާން، އިންޑިޔާ، ނޭޕާލް، ޕާކިސްތާން އަދި ސްރީލަންކާގެ ސަރުކާރުތަކުންނާއި މިނިވަން މުއައްސަސާތަކަށް އަދި ޕްރައިވެޓް ސެކްޓަރ އާއި ޖަމިއްޔާތަކަށް ވެސް މިފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

"މި ފަސް މިލިއަން ޑޮލަރު ކަނޑައުޅުމުގެ ބޭނުމަކީ ކޮވިޑް-19 އާއި ގުޅިގެން ދިމާވާ އިގްތިސާދީ ދަތިތަކާއި އިޖުތިމާއީ އަސަރުތަކުން މެމްބަރު ގައުމުތަކުގެ ރައްޔިތުން ސަލާމަތްކުރުމަށް ސަރުކާރުތަކުން ކުރާ މަސައްކަތްތަކަށް އެހީތެރިވުން،" އެސްޑީއެފްގެ ސީއީއޯ ސުނިލް މޮޓިވާލް ވިދާޅުވި އެވެ.

މިހާރު މިފަންޑުގެ ދަށުން ހިންގަން ބޭނުންވާ މަޝްރޫއުތަކުގެ ޕްރޮޕޯސަލް ހުށައެޅުމަށް ވަނީ ހުޅުވާލާފަ އެވެ. ހުށަހަޅާ ޕްރޮޕޯޒަލްތައް އެޕްރޫވް ކުރާނީ އެސްޑީއެފްގެ ބޯޑުންނެވެ. މޮޓިވަލް ވިދާޅުވީ މަޝްރޫއުތައް ދިރާސާކުރުމުގެ ކަންކަމާއި އެޕްރޫވްކުރުމުގެ ކަންކަން އަވަސްކޮށް ގެންދަން ނިންމާފައިވާ ކަމަށެވެ.

އިޖުތިމާއީ ގޮޅިގެ ދަށުން ފަންޑު ހަމަޖައްސާފައި ވީނަމަވެސް ސިއްހީ ދާއިރާތަކުގެ މަޝްރޫއު ތަކަށް އިސްކަން ދެވޭނެކަމަށް އެފަންޑުން ބުނެ އެވެ. އެސްޑިއެފްގެ އިޖްތިމާއީ ގޮޅިއަށް ކަނޑައަޅާފައިވާ 100 މިލިއަން ޑޮލަރުގެ ތެރެއިން މިހާތަނަށްބޭނުންނުކޮށް ވަނީ 26 މިލިއަން ޑޮލަރެވެ.

ސާކް ޑިވެލޮޕްމަންޓް އުފައްދާފައިވަނީ 2010 ވަނަ އަހަރު އެވެ. މިފަންޑުގެ އޮފީސް ހުންނަނީ ބޫޓާންގެ ވެރިރަށް ތިންޕޫގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް