މޯލްޑިވްސް ލިވިން އެކްސްޕޯ2024 މިރޭ ފަށާފައިވާއިރު، އެކްސްޕޯ ކުރިއަށް ދާނީ މިއަދުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ސެންޓްރަލް ޕާކުގައެވެ.
އުރީދޫއިން ބުނީ އެ އެކްސްޕޯގައި އުރީދޫގެ ސްޓޯލްއެއް ވެސް ފެނިގެންދާނެކަމަށާއި ސްޓޯލްއަށް ޒިޔާރާތްކުރުމުން ކުންފުނީގެ 19 ވަނަ އަހަރީ ދުވަހާ ގުޅިގެން ހުޅުވާލި އޮފާތަކުގެ މައުލޫމާތުވެސް ލިބިގެން ދާނެކަމަށެވެ.
އޭގެ އިތުރުން އުރީދޫ 5ޖީ ގެ ހިދުމަތް މިހާރު ވާނީ ރާއްޖޭގެ އާބާދީގެ 60 ޕަސަންޓަށް ފޯރުކޮށްދެވިފައި ކަމަށް ފާހަގަކޮށް އުރީދޫއީން ބުނީ ސްޓޯލްއިން 5ޖީ އާއި އެއާ ފައިބާ ގެ މައުލޫމާތު ފޮރުކޯށްދޭނެެކަމަށެވެ.
ހުޅުމާލެ ސެންޓްރަލް ޕާކްގައި އެކަމަށް ޓަކައި މިރޭ ބޭއްވި ރަސްމިއްޔާތުގައި އެ އެކްސްޕޯ ހުޅުވައިދެއްވީ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އެވެ. ލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވެސް އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.
ލިވިން އެކްސްޕޯ ކުރިއަށް ގެންދާއިރުގައި އެކްސްޕޯ ހުޅުވާފައި ހުންނާނީ ހަވީރު 4 އަކުން 6 ކަަށެވެ. އަދި ރޭގަނޑު 8 އަކުން 11 އަށެވެ.
މޯލްޑިވްސް ލިވިން އެކްސްޕޯ ބާއްވަން ފެށީ 2013 ވަނަ އަހަރެވެ.