ads
ސުމިތް ޖެއިން-- ފޮޓޯ: ބީބީސީ
ޓިކްޓޮކް ތަރިއަކަށްވި އިންޑިއާގެ ސުމިތް ޖެއިން
އިންޑިއާގެ ކުޑަ އަވަށެއްގައި ފިހާރައެއް ހިންގަމުން އަންނަ އުމުރުން 27 އަހަރުގެ ސުމިތް ޖެއިން ޓިކްޓޮކް ވީޑިއޯތައް ހަދަން ފެށުމުން އޭނާގެ އާއިލާ އާއި ރައްޓެހިން ކުރީ މަލާމާތެވެ.
އިންޑިއާގެ ކުޑަ އަވަށެއްގައި ފިހާރައެއް ހިންގަމުން އަންނަ އުމުރުން 27 އަހަރުގެ ސުމިތް ޖެއިން ޓިކްޓޮކް ވީޑިއޯތައް ހަދަން ފެށުމުން އޭނާގެ އާއިލާ އާއި ރައްޓެހިން ކުރީ މަލާމާތެވެ.

އެކަމަކު މިއަދު އޭނާއަކީ ހަތަރު މިލިއަން ފޮލޯވަރުންނާއެކު "ޓިކްޓޮކް ސްޓާ" އެކެވެ. މަހަރާޝްތްރައަށް ނިސްބަތްވާ ސުމިތް ބުނީ އޭނާގެ ހުވަފެނަކީ ނަށާ ވީޑިއޯތައް ހަދައިގެން މަޝްހޫރުވުން ކަމަށާއި، ހިތްވަރު އެލުވާނުލާ މަސައްކަތް ކުރުމުގެ ނަތީޖާ ފޮނި ކަމަށެވެ.

ކޮންމެ މީހެއްގެ ވެސް ހުނަރެއް ހުންނާނެ ކަމަށާއި، އެ ހުނަރު ބޭނުންކޮށްގެން ހުވަފެންތައް ހަގީގަތަކަށް ހަދަން ވާނެ ކަމަށް ބުނާ ފިލްމެއް ބެލުމަށް ފަހު، އެގޮތަށް މަސައްކަތް ކުރަމުން ދިޔަ ކަމަށް ސުމިތް ވަނީ ބުނެފަ އެވެ.

ނެށުމާއި އެކްޓު ކުރުމަކީ އޭނާގެ ހުނަރު ކަމަށާއި، ޓިކްޓޮކް މެދުވެރިކޮށް މުޅި އިންޑިއާއަށް އެ ހުނަރު ދައްކަން ބޭނުންވި ކަމަށް ފޮތި ވިއްކާ ފިހާރައެއް ހިންގާ ސުމިތް ބުނެ އެވެ.

13%
ކަމުގޮސްފި
38%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
38%
ވަރަށް ސަލާމް
ކޮމެންޓްސް