ads
އެމްޕޮކްސް ގެ ޕާޓިކަލްތަކެއް: ބަލި ޖެހިފައިވާ ސެލްތަކެއް (ނޫ ކުލައިގަ)
އެމްޕޮކްސް ޖެހިފައިވާ މީހެއް ފިލިޕީންސުން ވެސް ފެނިއްޖެ
ދުނިޔޭގެ އެކި ހިސާބުތަކުގައި މިހާރު އެމްޕޮކްސް ބާރަށް ފެތެރެމުން ދަނިކޮށް ފިލިޕީންސް އިން ވެސް އެ ބަލީގެ މީހަކު ފެނިއްޖެ އެވެ.
Advertisement

ފިލިޕީންސްގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި ބަލި ޖެހިފައިވަނީ އުމުރުން 33 އަހަރުގެ ފިލިޕީންސް ފިރިހެނަކަށެވެ. އޭނާ ގައުމުން ބޭރަށް ދަތުރުކުރި ކަމުގެ އެއްވެސް ލިޔެކުމެއް ނެތް ކަމަށާއި އެނާއަށް ޖެހިފައި ވަނީ އެމްޕޮކްސްގެ ކޮން ބާވަތެއްތޯ ބެލުމަށް ތަހްލީލުތައް ހަދާފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ.

އެމްޕޮކްސް ފެތުރޭނީ ގައިގޯޅިވުމުގެ ތެރެއިންނެވެ. އާންމު ގޮތެއްގައި މިއީ ވަރަށް މަދު ހާލަތެއްގައި ނޫނީ ނުރައްކާތެރި ބައްޔެއް ނޫނެވެ. އޭގެ ސަބަބުން ރޯގާ ފަދަ އަލާމާތްތަކާއި ހަށިގަނޑުގައި ބޮޑެތި ބިހިތައް ނަގަ އެވެ.

ކޮންގޯގައި ބަލި ފެތުރެން ފެށީ ކްލެޑް އައިގެ ނަމުން ނަން ދީފައިވާ އެންޑެމިކް ސްޓްރެއިންއެއް ފެތުރެން ފެށުމުންނެވެ. އެކަމަކު އާ ވޭރިއަންޓެއް ކަމަށްވާ ކްލެޑް އައިބީ، ޖިންސީ ގުޅުން ފަދަ އާންމު ގައިގޯޅިވުމުގެ ތެރެއިން ފަސޭހައިން ފެތުރޭ ތަން ފެނެ އެވެ.

ކޮންގޯގެ އަވަށްޓެރި ބުރުންޑީ، ކެންޔާ، ރުވާންޑާ އަދި ޔުގެންޑާއަށް މި ބަލި ފެތުރޭ މިންވަރު އަވަސްވެ، އެ ބަލީގެ ނުރައްކާ މުޅި ދުނިޔެއަށް ވެސް އޮތް ކަމަށް ކަނޑައަޅައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން މިހާރު ވަނީ އާންމު ސިއްހީ ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފަ އެވެ.

މަކުނު ވިދުރި އެންމެ ފުރަތަމަ ފެނުނީ 1958 ގައި ރާމާމަކުނުގެ ގައިންނެވެ. މަކުނުގެ ނަމުން އެ ބައްޔަށް ނަން ދީފައިވި ނަމަވެސް އެ ބަލި ޖައްސާ ވައިރަސް އާންމު ގޮތެއްގައި ފެންނަނީ މީދާ އާއިލާގެ ޖަނަވާރުންނެވެ.

އެ ބަލި އިންސާނެއްގެ ގައިން އެންމެ ފުރަތަމަ ފެނުނީ 1970 ގެ އަހަރުތަކުގައި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއިންނެވެ. މީގެ ކުރިން 2022 ގައި ވެސް މަކުނުވިދުރި އާ ގުޅިގެން އާންމު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރި އެވެ.

ރާއްޖޭގެ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ ރާއްޖޭގައި މަކުނުވިދުރި ފެތުރިދާނެތޯ ބަލަން އެސެސްމަންޓެއް ހަދަން ފަށައިފަ އެވެ.

ރޯގާގެ އަލާމާތްތަކުގެ އިތުރުން، އެމްޕޮކްސްކަން ފާހަގަކުރެވޭނެ އެއްކަމަކީ ގައިގާ ނަގާ ދޮސް ފުރިފައިވާ ބިހިތަކެވެ. ބޭސް ފަރުވާނުކޮށް ދޫކޮށްލުމުން ފުރާނައަށް ނުރައްކާވާ ހާލަތު ވެސް ދިމާވެ އެވެ.

މަކުނު ވިދުރި ފެތުރެނީ ބަލި ޖެހިފައިވާ މީހަކާ ގައިގޯޅިވެ އުޅުމުންނެވެ. އެގޮތުން ބަލި ޖެހިފައިވާ މީހަކާ ގާތްކޮށް ހުރެ ވާހަކަދައްކައި ހެދުމުން ވެސް ބަލި ފެތުރުމުގެ ނުރައްކާ އޮވެ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް