ads
އުރީދޫ ކަސްޓަމަރުންނަށް މިހާރު ލައަންސްގޭޓް ޕްލޭ ލިބޭނެ
އުރީދޫގެ ކަސްޓަމަރުންނަށް ލަޔަންސްގޭޓް ޕްލޭ ތައާރަފްކޮށްފި އެވެ.
Advertisement

ލަޔަންސްގޭޓް ޕްލޭ އަކީ ބެލުންތެރިންނަށް ހިތްގައިމު އަދި ތަފާތު ޕްރިމިއަމް ކޮންޓެންޓްތަކެއް ގެނެސްދޭ ދުނިޔޭގެ މަޝްހޫރު ސްޓްރީމިން ޕްލެޓްފޯމެކެވެ. މި ހިދުމަތަކީ މުނިފޫހިފިލުވުމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ބެލުންތެރިންނަށް ތަފާތު އަދި ހިތްހަމަޖެހޭ ކޮންޓެންޓް ލިބިގެންދާނެ ހިދުމަތެކެވެ.

ކަސްޓަމަރުންނަށް ލަޔަންސްގޭޓް ޕްލޭ ޕެކް އެކްޓިވޭޓް ކުރެވޭނެ ކަމަށާއި އޭގެ ތެރޭގައި ލަޔަންސްގޭޓް ޕްލޭ ސަބްސްކްރިޕްޝަނާއެކު 100 ޖީބީ ހިމެނޭ ކަމަށާއި އެންމެ 250 ރުފިޔާއަށް ސްޓްރީމް ކުރެވޭނެ ކަމަށް އުރީދޫއިން ބުނެއެވެ. އެކްޓިވޭޓް ކުރުމަށް ކަސްޓަމަރުންނަށް އުރީދޫ ސުޕައެޕް ބޭނުންކުރުމަށް އެ ކުންފުނިން އެދެއެވެ. 

އުރީދޫން ލަޔަންސްގޭޓާ އެކު ގާއިމުކުރި ޕާޓްނާޝިޕާ ގުޅިގެން އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ މިއީ އުރީދޫ ކަސްޓަމަރުންގެ މުނިފޫހިފިލުވުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަވެގެން ދާނެ ކަމެއް ކަމަށެވެ. 

އަދި އެ ކުންފުނިން މަސައްކަތް ކުރަނީ މި ފަދަ ތަފާތު ތަޖުރިބާތައް ކަސްޓަމަރުންނަށް ހޯދައި ދިނުމަށް ކަމަށް ވިދާޅުވި އެވެ.

މިއީ ޕްރިމިއަމް ގިނަ ކޮންޓެންޓުތަކެއް ހިމެނޭ ސްޓްރީމިން ޕްލެޓްފޯމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް