މިފްކޯއިން ބުނީ އެ ކުންފުނީގެ އައިސް ޕްލާންޓުތަކުގައި މިހާރު ހުރި ސްޓޮކް ހުސްވަންދެން ކޮންމެ މަސްދޯންޏަކަށް ތިން ޓަނުގެ އައިސް ހިލޭ ދޭނެ ކަމަށެވެ.
ކޮންމެ ދޯންޏަކަށް މިފްކޯއިން ތިން ޓަނު އައިސް މާދަމާގެ ނިޔަލަށް ހިލޭ ދިނުމަށް ނިންމާފައި ވިޔަސް، އެ މުހުލަތު އިތުރު ކުރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
ރާއްޖޭގައި މަސްވެރިކަން ދަށްވެފައި އޮތުމަށްފަހު މިހާރު ބައެއް ދޯނިތަކުން މަހަށް ވަނީ ނުކުމެފަ އެވެ. އަދި މިފްކޯއިން ދާދި ފަހުން ވަނީ އެކި ހިސާބުތަކުގައި މަސްވެރިކަން ރަނގަޅުވަމުން އަންނަކަންވެސް ހާމަކުރައްވާފަ އެވެ.
މިއަދު ފިނޭންސް މިނިސްޓްރީން ވަނީ ސައުދީ ފަންޑްގެ އެހީގައި ފަސް ރަށެއްގައި އައިސްޕްލާންޓް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.