ads
20 ވަނަ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ
އާ ޕީޖީއަކު އައްޔަންކުރުމަށް ދައުރުން ބޭރުން ޖަލްސާތަކެއް ބާއްވަނީ
ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ޖަލްސާތަކަށް ފަހު، މެމްބަރުން އެއް މަސް ދުވަހުގެ ޗުއްޓީ އަކަށް މިރޭ ވަޑައިގެންފި އެވެ.
Advertisement

މަޖިލިސް މިރޭ ޗުއްޓީއަށް ދިޔައީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މަގާމުން ވަކިކޮށްފަ އެވެ މަޖިލީސް ޗުއްޓީއަށް ނުގޮސް ދިގު ދަންމާލީ ޕީޖީގެ މަގާމުގައި ހުންނެވި ހުސައިން ޝަމީމް އެ މަގާމުން ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދާށެވެ. މިރޭ ޖަލްސާ ބޭއްވީ އެ މައްސަލާ ގައި ގޮތް ނިންމުމަށެވެ. 

މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖީލިހުގެ ފުރަތަމަ ދައުރު މިރޭ ނިންމައިލި ނަމަވެސް، އާ ޕީޖީއަކު އައްޔަން ކުރުމަށްޓަކައި ދައުރުން ބޭރުގައި ދެ ޖަލްސާއެއް ބާއްވަން ޖެހޭނެ ކަމަށް، މިރޭގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމު ވިދާޅުވި އެވެ. 

ސަބަބަކީ ޕީޖީ ވަކިކުރުމާއެކު ލަސްވެގެން 30 ދުވަސް ތެރޭ އާ ބޭފުޅަކު މަގާމަށް އައްޔަން ކުރަންޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައިވުމެވެ.  

"އެހެން ނަމަވެސް އަޅުގަނޑުމެން ރިސެސްއަށް ދާތީވެ އަޅުގަނޑުމެން މައުލޫމާތަށްޓަކައި ދަންނަވާލަން ބޭނުންވޭ ދައުރުން ބޭރުގައި ދެ ޖަލްސާއެއް ބާއްވަން ޖެހޭނެ ޕްރޮސެކިއުޓާ ޖެނެރަަލް އަކު އައްޔަން ކުރުމަށްޓަކައި، އެއީ ރައީސުލްޖުމްހޫރިއްޔާ ނަން ފުޅު ފޮނުއްވުމުން އެ ނަންފުޅު އިއްވަން ބާއްވާ ޖަލްސާއަކާއި ދެން ނަންފުޅު ކޮމެޓީން ފޮނުވުނީމަ ކޮމެޓީން ނިންމާފައި މަޖިލީހަށް އެންގީމާ އެ ނަންފުޅު ފާސް ކުރުމަށް ބާއްވާ ޖަލްސާ،" ނާޒިމް ވިދާޅުވި އެެވެ.

ދޮޅު މަސް ދުވަހުގެ ޗުއްޓީއަށް ފަހު، މަޖިލީހުގެ މި އަހަރުގެ ފަހު ދައުރު ފެށޭނީ އަންނަ އޮކްޓޯބަރުގަ އެވެ.

ޕްރޮސިކިއުޓަ ޖެނެރަލްގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި ހުސައިން ޝަމީމް ވަކިކުރަން މިރޭ ބޭއްވި ޖަލްސާގެ ކުރިއަށް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ ޝަމީމް އިސްތިއުފާ ދެއްވި ނަމަވެސް، އޭނާ މަގާމުން ވަކިކުރަން މިރޭގެ ޖަލްސާގައި ވޯޓު ނަގައި، އެގޮތަށް ފާސްކުރި އެވެ.

ޝަމީމް ވަކިކުރަން މަޖިލީހުން ފާސްކުރީ 65 މެންބަރުންގެ ވޯޓާ އެކު އެވެ. ޝަމީމް ވަކިކުރަން ނުފެންނަ ކަމަށް ނުވަ މެންބަރަކު ވޯޓު ދެއްވިއިރު، ވަކި ކޮޅަކަށް ވޯޓު ނުދެއްވާ އެއް މެންބަރަކު އިންނެވި އެވެ. 

އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް 19 ވަނަ މަޖިލީހުން ޑިސެމްބަރު 2019ގައި ޝަމީމް އެ މަގާމަށް އައްޔަންކުރަން ފާސްކޮށްފައި ވަނީ 74 މެންބަރުންގެ ވޯޓާ އެކު އެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް