ads
ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ: ބީއެމްއެލްގެ ނިންމުން ބަދަލުކޮށްފި، ޑޮލަރު ލިބޭނެ
ބީއެމްއެލްގެ ނިންމުން ބަދަލުކޮށްފި
ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލުން ރުފިޔާ ކާޑުތަކަށް ޑޮލަރު ނުދޭން ނިންމި ނިންމުން އުވާލައިފި އެވެ.
Advertisement

ބީއެމްއެލް އިން ދެންމެ ނެރުނު އިއުލާނެއްގައިވާ ގޮތުން މިއަދު އިއުލާން ކުރި ރާއްޖެ އިން ބޭރުގެ މުއާމަލާތް ކުރެވޭ ލިމިޓްތަކަށް ގެނެވުނު ބަދަލުތައް ބޭންކްގެ ރެގިއުލޭޓާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އިރުޝާދަށް ބަލައި މިހާރު އަނބުރާ ގެނެސްފައިވާ ކަމަށެވެ.

"25 އޯގަސްޓް 2024 ގައި އިއުލާންކުރި ރާއްޖޭން ބޭރުގެ މުއާމަލާތް ކުރެވޭ ލިމިޓްތަކަށް ގެނެވުނު ބަދަލުތައް ބޭންކުގެ ރެގިއުލޭޓާ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އިރުޝާދަށް ބަލައި މިހާރު ވަނީ އަނބުރާ ގެނެވިފަ އެވެ،" ބީއެމްއެލުން ނެރުނު ނެރުނު ކުރު ބަޔާނެއްގައި ވެ އެވެ.

ބީއެމްއެލްއިން ޑޮލަރު ލިމިޓެއް ކަނޑައެޅީ ކޮވިޑްގެ ދުވަސްވަރު ދިމާވި އިގުތިސާދީ ދަތިތަކާ ގުޅިގެން ޑޮލަރު ލިބުމުގައި ދަތިތައް ދިމާވުމުންނެވެ. އެ ލިމިޓު ކަނޑައެޅިތާ ހަތަރު އަހަރުވީއިރު ވެސް ޑޮލަރު ބޭނުން ކުރެވޭ އަަދަދު ބޮޑު ނުކުރާތީ ބޭންކަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ ޑޮލަރު ލިމިޓު އުވައިލާނެކަމުގެ ވައުދުފުޅާ އެކުގަ އެވެ.

އެގޮތުން، މިދިޔަ ފެބްރުއަރީ މަހުގެ އެކަކުން ފެށިގެން، ބޭރުގައި ކިޔަވާ ދަރިވަރުންނަށް ޑޮލަރު ނެގޭ މިންވަރު 750 ޑޮލަރުން 1200 ޑޮލަރަށް އިތުރުކުރާނެ ކަމަށް، ސަރުކާރުން ޖެނުއަރީ މަހު އިއުލާންކުރި އެވެ. ނަމަވެސް، އެ ބަދަލު ގެނެވިފައިނުވެ އެވެ.

ގިނަ ބަޔަކު ތުހުމަތުކުރާ ގޮތުގައި ޑޮލަރުގެ ކަޅު ބާޒާރު ކޮންޓްރޯލްކުރަނީ ރާއްޖޭގެ ރިސޯޓަތަކުގެ މަހުޖަނުންނާއި ރާއްޖޭގައި ގަވާއިދާ ހިލާފަށް އެތެރެވެގެން އުޅޭ "ބިދޭސީ ގޭންގް" ތަކުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް