ads
ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ހަސަން ލަތީފްގެ ފާޑުކިޔުން ސުޕްރީމް ކޯޓަށާއި ޖޭއެސްސީއަށް
ސުޕްރީމް ކޯޓާއި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަންގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ފާޑުވިދާޅުވެއްޖެ އެވެ.

މިއަދު ކުރިއަށްދިޔަ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ހަސަން ލަތީފް ސުޕްރީމް ކޯޓަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައިވަނީ ކޯޓުތައް ބަންދުކޮށްފައި ހުންނަ ދުވަސްވަރު އޯޑިއޯ އަދި ވީޑިއޯ މެދުވެރިކޮށް ޝަރީއަތްތައް ހިންގާނޭ ގޮތުގެ ގަވައިދެއް ސުޕްރީމް ކޯޓުން އެކުލަވާލާ އެހެން ކޯޓުތަކުން އަމަލުކުރަންވީގޮތް އަންގާފައިވާތީއެވެ. 

އެގޮތުން ހަސަން ވިދާޅުވީ ސުޕްރީމް ކޯޓުން ސާކިއުލާއެއް ނެރުއްވާފައިވާކަމަށާއި، އަދި އޭގެ އިބާރާތައް ބަލާއިރު އެއީ އިރުށާދެއްކަމަށް ބެލެވޭކަމަށެވެ. ހަސަން ލަތީފް ވިދާޅުވީ މީގެ ކުރިން އެންމެބޮޑަށް ހިންހަމަނުޖެހި ކަންބޮޑުވުން ފާޅުކޮށްފައިވާނީ ސުޕްރީމް ކޯޓުން އެހެން ކޯޓުތަކުގެ މައްޗަށް ކަންކުރަންވީގޮތް އަންގާ ބަސްބުނާ ބުނުންކަމަށާއި، މިހާރުވެސް ފެންނަމުން އަންނަނީ އެމަންޒަރުކަމަށެވެ. 

"ހަމަކުރިއެކޭ އެއްގޮތަށް އެއްވެސް ތަފާތެއްނެތް، ކުރިއެކޭ އެއްގޮތަށް ސުޕްރީމް ކޯޓުން އެހެން ކޯޓުތަކުގެ މައްޗަށް އިރުށާދުދެމުން ލަފާދެމުން ކަންކުރަންވީގޮތް އަންގަމުން ދާމަންޒަރު. މިއީކީ ސުޕްރީމް ކޯޓަށް ކުރެއްވޭނެކަމެއް ނޫން."

ހަސަން ލަތީފް ވިދާޅުވީ ސުޕްރީމް ކޯޓުން މިފަދައިން ނެރެފައިވާ ސާކިއުލާއަކަށް އަޅާނުލާ ތިބެވެން ނެތްކަމަށާއި މިކަމުގައި ދޫނުކުރާނެކަމަށެވެ. މީގެ އިތުރުން ހަސަން ލަތީފް ވަނީ އެ މައްސަލައިގައި ޖޭއެސްސީއަށް ވެސް ފާޑުވިދާޅުވެފައެވެ. 

"ޖުޑިޝަލް ސާވިސް ކޮމިޝަނަށް ދަންވަން އަޅުގަނޑުމެން ކިހިނެއްތޯ ތިހައްދަވަނީ ތިބޭފުޅުން ތިތާ ތިއްބަވައިގެން؟ ސުޕްރީމް ކޯޓުން މީގެ އަމުރުތަކާއި އެއްޗެހި ނެރެމުން އިރުޝާދުތަކާ އެއްޗެހި ނެރެގެން ސާކިއުލާގެ ގޮތުގައި ހުރިހާ ކޯޓަކަށް ނުފޫޒު ފޯރުވަމުންދާއިރު އެބޭފުޅުން އެތާތިއްބަވަނީ ކީއްކުރަންތޯ؟ މަޖިލީހުގެ ރައީސް އެބަ އިންނަވާ އެތާ. މަޖިލީހުގެ މެމްބަރެއް އެބަ އިންނަވާ އެތަނުގެ ރިޔާސަތުގަ. ކީއްތޯ އެކުރައްވަނީ އެތާ ތިއްބަވައިގެން."

އަދި ވަގުތުން ވަގުތަށް ސުޕްރީމް ކޯޓުގެ ސާކިއުލާ ބާތިލު ކުރުމަށް އެންގުމަށް ޖޭއެސްސީގައި އެދުމަށް ހަސަން ލަތީފް ހުށަހެޅުއްވި އެވެ. އަދި މިފަދަ ސާކިއުލާތައް ނެރުމަކީ ސުޕްރީމް ކޯޓަށް ކުރެވޭނެ ކަމެއްނޫންކަމަށް ވިދާޅުވި އެވެ. 

ހަސަން ލަތީފް ވިދާޅުވީ ގަބޫލުކޮށްގެން މިތިބީ ސުޕްރީމް ކޯޓަށް މިހާރު ލާފައިތިބީ ޑިމޮކްރަސީގެ ހަމަތައް ދަންނަ އަދި ވަރަށް ގަދަ ވަރަށް މޮޅު އަދި އިހުލާސްތެރި ބައެއްކަމަށެވެ. އަދި މިހާރު ތިއްބެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ވިސްނުން ކުރީގައި ތިބި ފަނޑިޔާރުންނާއި އެއްހަމައަށް ދިއުމުން ކަންބޮޑުވާކަމަށް ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް